މުސްލިމުންނާ ދެކޮޅު ގޮރުނުދޯރު ބޭރުކޮށްފި

ޓެކްސަސް ސްޓޭޓުގެ ގަވަރނަރު ކަމަށް ވާދަކުރެއްވި ރިޕަބްލިކަން ޕާޓީގެ ގްރެގް އެބޮޓް، އިންތިޚާބުން ލިބުނު ނާކާމިޔާބީ ރަސްމީކޮށް ޤަބޫލުކުރައްވައިފިއެވެ. މިއީ އެމެރިކާގެ ސިޔާސީ މައިދާން ގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ޝޮކެއްގެ ގޮތުގައި މުހައްލިލުން ސިފަ ކުރެއެވެ.

ޓެކްސަސްގެ ގަވަރނަރުގެ މަޤާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި އެބޮޓް ވަނީ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވައި، އިދިކޮޅު ވާދަވެރިޔާއަށް ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. ސިޔާސީ ގޮތުން ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ކޮންޓްރޯލެއް އޮންނަ ޓެކްސަސް ފަދަ ސްޓޭޓަކުން އެބޮޓް ނާކާމިޔާބީއާ ކުރިމަތިލާންޖެހުމަކީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ނުރުހުން އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.

އެބޮޓަކީ. މުސްލިމުންނާ ހަތުރުވެރިކަމަށް މަޝްހޫރު ގޮރުނުދޯރެކެވެ. އޭނާ ވަނީ މުސްލިމުންގެ ޖަމުއިއްޔާ ކެއަރ އަކީ އިޚުވާނަށް ސަޕޯޓުކުރާ ޖަމާއަތެއް ކަމަށް ބުނެ ކެއަރ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ގިންތިކޮށްފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް