އިސްރާއީލާ ދެކޮޅަށް އިސްތިޝާރީ ލަފައެއް ނެރެފި

އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ހުކުރު ދުވަހު ބުނެފައިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުން އިސްރާއީލު ޥީހާވެސް އަވަހަކަށް ފައިބަން ޖެހޭނ ކަމަށާއި އިޒްރޭލުގެ ބިންތައް ހިފުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި އިސްރާއީލުގެ އަމަލުތަކާއި ސިޔާސަތުތަކަކީ ފަލަސްތީނުގެ ޒާތީ ސިޔާދަތު ހިންގުމަށް ހުރަސްއަޅާ ކަމެއް ކަމަށާއި އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ މެދު ނިޒާމީ ގޮތެއްގައި ތަފާތުކުރަމުން ގެންދާ ކަމަށެވެ.

އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ މި ނިންމުމަކީ އެޑްވައިޒަރީ އޮޕިނިއަން އެކެވެ. އަދި އެއީ އިޒްރޭލުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމު ކުރާ ނިންމުމެއް ނޫނެވެ.

ފަލަސްތީނުގެ ސަރަޙައްދުތަކުގައި އިސްރާއީލުން ދެމިއޮތުމަކީ ޤާނޫނާ ޚިލާފު ކަމެއްކަން ވެސް އެކޯޓުން ބުނެފައި ވެއެވެ. އަދި އިޒްރޭލުން ޔަހޫދީންނަށް އައު އާބާދީތައް ހަދައިގެން ނުވާނެ ކަމަށާއި ވަޒަންވެރިވުމުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓުވުމަށް ވެސް ކޯޓުން ވަނީ ޓެލްއަވީވަށް ގޮވާލާފައެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ބުނެފައި ވަނީ “ފަލަސްތީނުގެ ސަރަހައްދުތައް ހިފުމުގެ ސަބަބުން ފަލަސްތީނަށް ލިބޭ ގެއްލުމުގެ ބަދަލު އިސްރާއީލުން ދޭން ޖެހޭނެ” ކަމަށެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ މައްޗަށް އިސްރާއީލުގެ ސިޔާދަތު އޮތް ކަމަށް ބަލައިނުގަތުމަށް އދ.ގެ ހުރިހާ ގައުމުތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައި ވެއެވެ.

އައިސީޖޭއިން މި އެޑްވައިޒަރީ ދީފައި ވަނީ އދގެ އާންމު މަޖިލީހުން އެކަމަށް އެދި ހުށަހެޅުމުންނެވެ.

ހުކުރު ދުވަހު، ބައިނަލްއަގްވާމީ ކޯޓުން ދީފައިވާ އެޑްވައިޒަރީ އޮޕިނިއަން އަކީ، 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތައް ހިފުމުގެ ގާނޫނީ ނަތީޖާތަކާ މެދު ދީފައިވާ އިސްތިޝާރީ ލަފައެކެވެ.

އދ.ގެ އެންމެ މަތީ ކޯޓުން މި ލަފާދީފައި ވުމަކީ އިޒްރޭލަށް އިތުރަށް ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. އޮކްޓޯބަރު މަހު ހަމާސްއިން އިސްރާއީލާ ދެކޮޅަށް ދިން ކުއްލި ހަމަލާއަށް ފަހު ޣައްޒާގައި ޒަޔަނިސްޓުން ހިންގާ ގަތުލުއާންމަށް ފަހު އިސްރާއީލަށް ބައިނަލްއަގްވާމީ ގާނޫނީ ޕްރެޝަރު އިތުރުވަމުންދާ ކަން ވަނީ ފާހަގަ ވެފައެވެ.

ހިއްސާ ކުރައްވާ!