އީރާނުގެ ގޭސް ދަނޑަކަށް ދިން ހަމަލާއަކަށްފަހު ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނުގެ މުހިންމު ގޭސް ދަނޑެއްގައި ހުރި ވަސީލަތްތަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން، ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ އިންފްރާސްޓްރަކްޗާތަކަށް ހަމަލާދޭނެ ކަމަށް އެ ގައުމުގެ ސިފައިން ބުނެފި ކަމަށް ދައުލަތުގެ ޓީވީއާ ހަވާލާދީ އޭއެފްޕީން ރިޕޯޓްކޮށްފިއެވެ. އީރާނަށް ހަމަލަ ދިނުމަށް މަތިންދާބޯޓުތަކާއި ޑްރޯންތައް އަންނަނީ އަވަށްޓެރި އަރަބި ގައުމުތަކުންނެވެ. އަދި ޓެރަރިސްޓު ބޯޓުތަކަށް ތެޔޮ އަޅައި ދެނީވެސް މި ގައުމުތަކުގެ މަރުކަޒުތަކުންނެވެ.

އީރާނުގެ ސިފައިންގެ އޮޕަރޭޝަނަލް ކޮމާންޑް، ޚާތަމުލް އަންބިޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ހަމަލާ ދިން ފަރާތްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، އެ ހަމަލާތައް ފޮނުވާލި ގައުމުތަކުގެ ތެޔޮ، ހަކަތަ އަދި ގޭސް އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށް ވިސްނަމުންދާ" ކަމަށެވެ.

އެމެރިކާގެ ސިފައިން އަރަބި ގައުމުތަކުގެ ބިންތައް ބޭނުންކޮށްގެން ހަމަލާދިނުމުގެ ފުރުސަތު ގަލްފުގެ ގައުމުތަކުން ދޭ ކަމަށް އީރާނުން ތުހުމަތުކުރެއެވެ. އަދި އަރަބިން ވަނީ ގަލްފް ސަރަހައްދު ނުތަވަސް ކުރުމަށް އެމެރިކާއާއި އސްްރޭލަށް ބަނޑަހަ ޖެހުމަށް މިތަންތަނުން ފުރުސަތު ދީފައެވެ. އަދި އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތެޔޮ އަދި ގޭސް މަރުކަޒުތަަކީ "ޝަރުއީ އަމާޒުފަތްގަނޑުތަކުގެ" ލިސްޓެއްކަމަށެވެ. އަދި އާންމުކޮށް، "ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އެ ތަންތަނަށް ހަމަލާދޭނެ" ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!