ޖަޕާނުން ފަތުރުވެރިންނަށް ރަތް ދޫލައިގެ މަރުހަބާއެއް

ފަތުރުވެރިން އިތުރު ކުރުމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުމަށް ޖަޕާނުން ތައްޔާރުވާން ފަށައިފިއެވެ. ޖަނަވަރީ މަހުން ފެށިގެން ޖަޕާނަށް އެތެރެވާން ބޭނުންވާ ފަތުރުވެރިޔާ ދަތުރަށް ފެށުމުގެ ކުރިން އެކަން އެންގުމުން އިމިގްރޭޝަނުން އޭނާގެ އެތެރެ ވުމުގެ ކަންތައް ހަމަޖައްސާނެއެވެ. އެގޮތަށް ހަމަޖެހުމުން، އިމިގްރޭޝަންގައި ފަތުރުވެރިޔާ މަޑު ކުރާކަށް ނުޖެހޭނެއެވެ.

ޖަޕާނަށް މަހެއްގެ މައްޗަށް 3 މިލިއަން މީހުން ޒިޔާރަތް ކުރެއެވެ. އަދި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 17 މިލިއަނަށް ވުރެން ގިނަ ފަތުރުވެރިން އެތެރެ ވެފައި ވެއެވެ.

ޖަޕާނުން ފަތުރުވެރިން އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުގައި މިއީ ދެވަނަ ފިޔަވަޅެވެ.

މީގެ ކުރިން ޖަޕާނުން ނިންމާފައި ވަނީ މުސްލިމު ފަތުރުވެރިން ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ހޮޓާތަލުގައި ގިބުލަ އެނގޭ ގޮތް ހެދުމާއި، ހަލާލު ކާނާ ލިބޭނެ ގޮތް ހަދައި ދިނުމަށް މަސައްކަތެއް ފަށާފައވެ. އަދި ހަލާލު ކާނާ ތައްޔާރު ކުރުމަށް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމުތައްވެސް ފަތުރުވެރިންނަށް ހިންގަން ފަށާފައި ވެއެވެ.

ހިއްސާ ކުރައްވާ!