މަރުވުމަށްފަހު ތިބާއަށް ހަމްދަރްދީ ވާނީ ކާކު؟

ދުނިޔެ ދޫކޮށް ދާއިރު މީހުން ހަނދާންވާވަރުގެ ކަމެއް ދޫކޮށްލަދިއުމަށް މިފޮތް އެހީތެރިވެ ދެއެވެ. މި ފޮތަކީ “ރޮބިން ޝަރުމާގެ ހޫ ވިލް ކްރައި ވެން ޔޫ ޑައި”! ނުވަތަ ތިބާ މަރުވާ ފަހުން ރޯން ތިބޭނީ ކޮން ބައެއް ހެއްޔެވެ؟

ތިމާ އެހެން މީހުންނަށް ކޮށްދޭ ކަންތައްތަކުން މީހުން ފަހަށްވެސް ޝުކުރުވެރިވާނެ ޓިޕްތައް މި ފޮތުގައި ކިޔައިދީފައި ވެއެވެ.

ކޮންމެ މީހަކުވެސް އިސްކިރީނަށް ގެއްލޭ މި ޒަމާނުގައި އަހަރަމެން ހަނދާން ބަހައްޓަން ޖެހެނީ، އެހެން މީހުންނަށްޓަކައި ވެސް އަހަރަމެން އުޅެން ޖެހޭ ކަމެވެ. ހުރިހައި ކަމެއްވެސް އަމިއްލަ ފައިދާއަށް ކޮށްގެން ނުވާނެ ކަމެވެ.

ދުނިޔެއަށް އަހަރަމެންގެ ފުށުން ފައިދާއެއް ކުރަނީ ނަމަ، އެކަން ފެންނަނީ އެހެން މީހުންގެ ދިރިއުޅުމުން ފެންނަ ބަދަލާއި އަސަރުންނެވެ.

ރޮބިން ޝަރުމާއަކީ، މީހުން އަމިއްލަ ނަފްސް ތަރައްގީ ކުރުމަށް ބާރުއަޅާ ފޮތްތައް ލިޔާ މީހެކެވެ.

ރޮބިން ޝަރުމާގެ މި ފޮތުން ދަސްވާ ތިން ފިލާވަޅެއް ޚުލާސާ ކޮށްލާނަމެވެ.

  1. އަމާނާތްތެރި ވުމާއި ތިމާގެ ނާކާމިޔާބީ، ވަޒަންކޮށް، އޭގެ ބޭނުން ހިފުމުން ތިމާ އުފާފާގަތި މީހަކަށް ވެގެން ދާނެއެވެ.

މީހަކު ކަމެއް ކޮށްދޭނެ ކަމަށް ވައުދު ވުމަށްފަހު އެކަން ކޮށް ނުދިނުމުން މާޔޫސް ނުވާށެވެ. މިއީ މީހުން އެމީހަކާ މެދު އިތުބާރު ގެއްލޭނެ ކަމެކެވެ.

ތިމާ އަމިއްލައަށްވެސް ވިސްނާލާށެވެ. އެހެން މީހުންނަށް ތިމާ ވައުދުވެ، އެކަންކަން ކޮށް ނުދިނުމުން އެހެން މީހުންވެސް ތިބާއާ ދޭތެރޭ ދެކޭނީ މިފަދައިންނެވެ.

އެހެންވެ، މިއިން އެނެގެނީ އަމާނާތްތެރިވުމުގެ މުހިންމު ކަމެވެ.

ދުވާލަކު ދޮގު ހެދީކިތައް ފަހަރު ތޯ ޚިޔާލަށް ގެންނާށެވެ! މީހަކަށް ވައުދެއް ވެއްޖެނަމަ، އެކަން ހަނދާނުގައި ބަހައްޓަން ނޯޓް ކޮށްލާށެވެ.

ހަފްތާއެއް ވަންދެން 100 ޕަސެންޓް ތެދުވެރިއަކަށް ވެގެން އުޅެވޭތޯ ބަލާބަލާށެވެ. އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް ހިތަށް ލިބޭ އުފާވެރިކަން ހޯދައި ގަންނާށެވެ. ކުޑަ ކުދިން އުޅޭ ގޮތް ބަލައި، ތިމާގެ އަމިއްލަ ނަފްސާ އަޅާ ލުމަކީ ދިރިއުޅުމުގައި އުފަލާއި މަޖާ ލިބިގަނެވޭނެ ކަމެކެވެ.

  • 2. ކުޑަކުދިން އުޅޭ ގޮތް ނިކަން ބަލާލާށެވެ. ކޮންމެ ކަމަކުން އެކުދިން ހޯދައި ގަންނާނީ މަޖާކޮށްލާނެ ގޮތެކެވެ. އަހަރަމެންވެސް ކުދަ އިރު އުޅުނީ ހަމަ އެހެން ނޫން ހެއްޔެވެ؟

ޕާން ފޮއްޗެއް ނަގައި އޭގެ މެދުކާލައި ވަށައިގެންވާ ހަރުތަން އެމީހުން އެއްލާލާތަންވެސް ފެނޭ ނޫން ހެއްޔެވެ؟ އެމީހުން އުފާވާ ކަން ހޯދައި ގަނެ، އުފާނުވާ ބައި ދޫކޮށްލަނީއެވެ.

އަހަރަމެން ބޮޑެތި މީހުންވެސް އަހަރަމެން ފޫހިވާ ގަޔާ ނުވާ ކަންކަން ކުރުމުގައި ހާދަހާ ހަކަތައެއް އިސްރާފު ކޮށްލައެވެ. ގެ ފޮޅާއި ސާފުކުރުމާއި، ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި، ޓެކްސް ފައިސާ ދެއްކުން ފަދަ ފޫހި ކަންކަމުން އަހަރަމެން ވަރުބަލި ކޮށްލައެވެ.

މި ހުރިހައި ކަމަކާއެކުވެސް ހަނދާނަށް ގެންނަންވީ ތިމާއަށް އުފަލެއް ލިބޭނީ ކޮން ކަމަކުން ހެއްޔެވެ؟

އުމުރުން ދުވަސްވާތީއޭ ކިޔާފައި އަހަރަމެން ކަސްރަތުކޮށް ހެލިފެލިވެ އުޅުން ދޫކޮށްލަމެވެ. ޓީވީ ބަލަން ސޯފާއަށް ވެޑުވިގަންނަމެވެ.

ދިރިއުޅުމަށް އުފާވެރިކަމެއް ލިބޭނީ ހެލިފެލިވެ އުޅެގެންނެވެ. އުމުރުވެސް ދިގު ވާނެއެވެ.

ހަރވަރޑްގެ 1800 ގްރެޖުއޭޓުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކަނީ ކޮންމެ ކަސްރަތު ކުރާ ގަޑިއަކަށް އުމުރަށް ތިން ގަޑިއިރު އިތުރު ވާކަމަށެވެ.

  • 3. ކަންކަމާ މެދު ޝަކުވާ ކުރުން ހުއްޓާލާށެވެ. އަމަލީ ގޮތުން ކަންކުރާ މީހަކަށް ވާށެވެ. ވަށައިގެން ވާ ނުރަނގަޅު ކަންތައްތަކަށް ކަޅި ހުއްޓައިގެން ހުރުމަށް ވުރެން، ތިމާއަށް ކުރެވިދާނެ ކަންތައްތަކާ މެދު ވިސްނައި އެކަންކަމަށް ހިއްސާވާށެވެ.

އަބަދުވެސް ވަށައިގެން ޝަކުވާ ކުރާ މީހަކު އުޅޭނަމަ ބޮލަށް ވާ އުނދަގޫ އިހުސާސް ކުރެވޭ ހެއްޔެވެ؟ ކަންކަމާ އުނދަގޫވީމަ، އަހަރަމެން ކޮންމެ މީހަކުވެސް ނުރުހެއެވެ.

އެހެންވެ، ނޭދެވޭ ކަންކަމުން ދުރުހެލިވެ ގަންނާށެވެ.

މިސާލަކަށް ތިމާގެ ޝަކުވާއަކީ، ކަންކަމަށް ވަގުތު ނުވުން ކަމުގައި ވަނީނަމަ، އަވަށް ހޭލައި ދުވަސް ފައްޓާށެވެ.

ތިބާގެޝަކުވާއަކީ އިގްތިސާދު ނުވަތަ ތިމާވެށި ކަމުގައި ވާނަ ކަންކަން ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަމެއް ކުރާށެވެ.

އެއިރުން މާނަ ހުރި ދިރިއުޅުމެއް އުޅެ، އެއިން އެހެން މީހުންނަށް މަންފާއެއް ކޮށްދެވިދާނެއެވެ.

ކުރާ ކަމަކުން ހެޔޮ ނަތީޖާއެއް ނިކުންނަ ނަމަ، އެއީ އުފާވެރިކަން ލިބޭނެ ކަން ގެރެންޓީ ކަމެކެވެ. ކޮންމެ އުމުރެއްގައި ވިއަސް، ކަމެއް ދަސްކޮށްލާށެވެ. އައު ހުނަރެއް ދަސްކޮށްލާށެވެ.

ހިއްސާ ކުރައްވާ!