ވަޖްޕާއީ: އިންޑިއާ ބަދަލު ކޮށްލި އަހަރުތައް

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަޓަލް ބިހާރީ ވަޖްޕާއީއާއި ޕާކިސްތާންގެ އެއިރުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްއާ ދެ ބޭފުޅުން ކަރްގީލް ހަނގުރާމައިގެ ދުވަސްވަރު ފޯނުން ފަސް ފަހަރަށް ވާހަފުޅު ދެއްކެވި ކަމަށް އަލަށް ޝާއިއުކޮށްފައި ފޮތެއްގައި ބުނެފިއެވެ.

ވަޖްޕާއީގެ ޕްރައިވެޓް ސެކެޓްރީ، ޝަކްތީ ސިންހަ ލިޔުއްވި Vajpayee: The Years That Changed Indiaފޮތުގައި އިންޑިއާއިން ނަވާޒް ޝަރީފާ ވާހަކަ ދައްކަމުން ގެންދިޔަ ގޮތް ކިޔައި ދީފައި ވެއެވެ.

އިންޑިއާއިން ތުހުމަތު ކޮށްފައިވާ ގޮތުގައި ކަރްގީލް ހަނގުރާމއަކީ ޕާކިސްތާންގެ އެއިރުގެ ޖެނެރަލް ޕަރްވޭޒް މުޝައްރަފް ފެއްޓެވި ހަނގުރާމައެކެވެ. އަދި މިކަން ސާބިތު ކޮށް ދިނުމަށްޓަކައި އިންޑިއާއިން ވަނީ ނަވާޒްއާއި އޭނާގެ އިސްޖެނެރަލްއާއި ދެމެދު ދައްކަވާފައިވާ އޯޑިއޯ ރެކޯޑިންގ އެއް އިންޑިއާގެ ރިސަރޗް އެނަލިސިސް ވިންގ މެދުކޮށް ޝަރީފަށް ފޮނުވާފައެވެ.

ވަޖްޕާއީގެ ފަރާތުން ޝަރީފާ ވާހަކަ ދެއްކެވުމަށް ހަމަޖަސައްވާފައިވާ ޑިޕްލޮމޭޓް ބައްދަލު ކުރެއްވައި ވާހަކަ ދައްކަވަން ފެއްޓެވުމުން ޝަރީފް ބަގީޗާއަށް ވާހަކަ ދެއްކުމަށް ނިކުތުމަށް ވިދާޅުވުމުން އެކަން މާނަކޮށްފައި ވަނީ މުޝައްރަފްއާއި ސިފައިން ނަވާޒް ޝަރީފްގެ ގެކޮޅު ބަގްކޮށްފައި ހުރި ކަމަށެވެ.

 

ހިއްސާ ކުރައްވާ!