ޖަރުމަންވިލާތުގެ ޖައްވީ ސައިންޓިސްޓަކު ވަނީ 1948ގައި އޭނާ ލިޔުނު ވާހަކަ ފޮތެއްގައި އިންސާނުން މާސްއަށް ގެންދާނެ ކަމަށް ބުނެފައެވެ. މި ފޮތުގެ ނަމަކީ "މާސް ޕްރޮޖެކްޓް: އަ ޓެކްނިކަލް ޓޭލް" އެވެ. މިފޮތުގައި އޭނާ ލިޔެފައިވާ ގޮތުން އީލޮން ELON ނަމަކަށް ކިޔާ މީހަކު އިންސާނުން މާސް އަށް ގެންދާނެއެވެ. ބައި ގަރުނު ފަހުން، އަހަރަމެންނަށް މިފެންނަނީ އީލޮން މަސްކް މީހުން މާސްއަށް ގެންދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކާ ތަނެވެ. 1948ގައި، ވަރނަރ ވޮން ބްރާއުން ލިޔުނު ފޮތުގައި އޭނާ، ބުނެފައިވާ އީލޮން ގެ ވާހަކަ ތެދަކަށްވަނީ ބާވައެވެ؟
Destiny, destiny
No escaping
that for me— Elon Musk (@elonmusk) December 30, 2020
މިދިޔަ އަހަރު އީލޮން މަސްކް ވަނީ، "އިންސާނުންގެ ތަގްދީރް…. މަގޭ ފުށުން ސަލާމަތެއް ނެތް." މިހެން ބުނެ ޓުއީޓް ކޮށްފައެވެ. އެއަށް ރައްދު ދެމުން، ޓޯބީ ލީ ކިޔާ މީހަކު ވަނީ ވަރނަރ ވޮން ބްރާއުންގެ ފޮތުގެ ވާހަކަ ކިޔައި ދީފައެވެ.
Speaking about destiny, did you know that Von Braun’s 1953 book "Mars Project," referenced a person named Elon that would bring humans to Mars? Pretty nuts pic.twitter.com/m28yFU4Ip6
— Toby Li (@tobyliiiiiiiiii) December 30, 2020
ލީގެ ޓުއީޓަށް ރައްދު ދެމުން މަސްކު އަހާފައިވަނީ މިއީ ހަމަ އަސްލުވެސް ތެދެއް ހެއްޔެވެ؟ އެހެން މީހަކު ވަނީ އެފޮތުގެ ސަފްހާއެއް ޓުއީޓް ކޮށްފައެވެ. މި ފޮތުގައި ބުނެފައިވާ ގޮތުން މާސްގައި އުޅޭ އީލޮން އަކީ، މާސް ގައި އުޅޭ އިންސާނުންގެ ޖަމާއަތުގެ މީހުންގެ ލީޑަރެވެ.

Yeah it’s real. This is the English transcript of the same book … But "Elon" referred by Von Braun in the book isn’t the name of the person but rather the name of the position something like an elected meritocratic president pic.twitter.com/GADiMJHxLp
— Pranay Pathole (@PPathole) December 30, 2020
ވޮން ބްރާއުން އަކީ، ނާޒީ ޖަރުމަންވިލާތަށް ރޮކެޓް އުފައްދައިދިން ސައިންޓިސްޓެކެވެ. ބޮޑު ހަނގުރާމައަށްފަހު އޭނާ އެމެރިކާއަށް ހިޖުރަކޮށް އޭނާގެ އިލްމުން އެމެރިކާއަށް ރޮކެޓް އުފައްދައިދީ، އެއަށްފަހު ނާސާ ވުޖޫދަށް އައީއެވެ. މިއަހަރުގެ އެޕްރީލް މަހު ނާސާއިން ވަނީ މަސްކްގެ ސްޕޭސްއެކްސްއާއެކު މީހުން ހަނދަށް ފޮނުވުމުގެ މަޝްރޫއަކަށް 2.9 ބިލިއަން ޑޮލަރުގެ އުޅަނދެއް ބިނާ ކުރުމަށް ކޮންޓްރެކްޓް ދީފައެވެ. އީލޮން މަސްކު ބުނަމުން ދަނީ އިންސާނުން މާސްއަށް ފޮނުވާނެ ކަމަށެވެ.





