ޒަޔަނިސްޓު ލީޑަރުން ހައްޔަރު ކުރުމަށް އަމުރު ނެރުން ފަސްކޮށްފި

ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅިފައިވާ ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުން ފަސްކުރަން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނިންމައިފިއެވެ. އެ ކޯޓުން ބުނެފައި ވަނީ، އެމައްސަލާގައި، އިތުރު ޤާނޫނީ ޚިޔާލުތަކަށް ފުރުސަތު ދިނުމަށާއި ފަސްދޮޅަހަށް ވުރެން ގިނަ ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި ޤައުމުތަކުން ޤާނޫނީ ނުކުތާތައް ހުށަހެޅުމަށް އެދިފައި ވާތީ، މި ވަގުތު އެކަމަށް ފުރުޞަތު ދިނުމުގެ ގޮތުން އަމުރު ނެރުން ލަސްކޮށްލީ ކަމަށެވެ.

ނަޔަންޔާހޫއާއި ގެލެންޓު ހައްޔަރުކުރުމާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ފާހަގަ ކުރާ ޤާނޫނީ ނުކުތާތައް ޕްރޮސެކިއުޓަރ ކަރީމް ޚާންގެ އޮފީހަށް، އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ފުރުޞަތު ދީފައި ވެއެވެ.

 

ހިއްސާ ކުރައްވާ!