ފޭރުމާއި ވައްކަމުގެ މައްސަލަ ގިނަ ވަނީ ….. މިހެންވެ

ފޭރުމާއި ވައްކަމުގެ މައްސަލަ އާންމު ވަމުން ގޮސް މިހާރު ފެންނަނީ ބިރެއްނެތި މީހުން ފޭރެން ދިމާކޮށްފައިވާ މަންޒަރެވެ. މާލޭގެ އެންމެ ކާރޫބާރު ބޮޑު ދިލްބަހާރު މަގުގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، އެނާގެ ކޭޝްކާޑު ފޭރިގަނެ، ގަދަކަމުން ޕިން އަތުލައިގެންފައިވާ މައްސަލާގައި މިހާތަނަށް ތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެތެރޭން އެކަކަކީ އަންހެނެކެވެ. ބުދަ ދުވަހު ހިނގާފައިވާ މިމައްސަލާގައި މިތިން މީހުން ހައްޔަރުކޮށް މުއްދަތު ޖަހާފައި ވެއެވެ.

މިއީ މިހަފްތާގައި މި ގޮތަށް ރިޕޯޓުކޮށްފައިވާ ދެވަނަ މައްސަލައެވެ. އޭގެ ކުރީ ދުވަހު މީހަކު ހައްޔަރުކޮށްފައި ވަނީ ފޯނެއް ފޭރިގަތް މައްސަލާގައެވެ.

ވައްކަމާއި ފޭރުން އާންމު ވެފައިވަނީ، މީހުންގެ އަތްމަތި ދަތިވެގެން ބާވައެވެ؟ ނޫނީ މަސްތުވާތެކީގެ އަގު ބޮޑުވުމާއި މިކަމާ ގުޅުމެއް ވޭބާވައެވެ؟ އަދި މިމައްސަލާގައި ވަޒީފާ ނުލިބުމާއި އާމްދަނީ ދަތިވުމަށް ބަލާލުންވެސް މުހިންމެވެ.

ހިއްސާ ކުރައްވާ!