ހަނގުރާމައިގެ މުޖުރިމެއްކަމަށް ބުނެ ނަތަންޔާހޫއާ ބައްދަލުކުރަން ދެކޮޅު ހަދައިފި

ޒަޔަނިސްޓް ހަނގުރާމައިގެ މުޖުރިމު ނަތަންޔާހޫ، މަޖްދަލް ޝަމްސަށް ޒިޔާރަތް ކުރުމުން އެ އަވަށުގެ ރައްޔިތުން އޭނާއަށް މަރުހަބާ ކިޔަން ނިކުތުމަށް ދެކޮޅު ހަދައިފިއެވެ. އިޒްރޭލުން ހިފާފައިވާ ސޫރިޔާގެ ޖޯލާން ގެ މަޖްދަލް ޝަމްސް އަވަށަށް ދިއުމުން އެތައް ސަތޭކަ މީހުން ވަނީ ހަނގުރާމައިގެ މުޖުރިމެއް ކަމަށް ބުނެ ލިޔެފައިވާ ބޯޑު ހިފައިގެން މުޒާހަރާއަށް ނިކުމެފައެވެ.

އިޒްރޭލުން ދިން ރޮކެޓް ހަމަލައެއް ކަމަށް ޝައްކު ކުރެވޭ ހަމަލާގައި 16 މީހުން ވަނީ މަރުވެފައެވެ. އެންމެ ފަހު މީހާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުއެވެ. މިހަމަލާ ދީފައި ވަނީ އެއަވަށުގެ ކުޅިވަރު ކުޅޭ މައިދާނަށެވެ.

ހަނގުރާމައިގެ މުޖުރިމު ޒަޔަނިސްޓު ގޮސްފައި ވަނީ، ހޮނިހިރު ދުވަހުގެ ހަމަލާ އަމާޒުވި މައިދާނަށެވެ. ނަތަންޔާހޫ ވަނީ އިޒްރޭލުން ދޭނެ ރައްދު ހަރުކަށިވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!