އެފްޑީއޭއިން ޒިންމާ އަދާކުރަމުންދާ ނަމަ….

ކާބޯ ތަކެތި އުފައްދާ ތަންތަން މޮނީޓާކޮށް ބެހެއްޓުމުގެ މަސައްކަތް މަތިވެފައިވާ އިދާރާއަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީއެވެ. މާލޭގައި ދަތި ތަންތާނގައި، އަދި ހުއްދަ ނެގުމަކާ ނުލައި، ކާނާ އުފެއްދުމުގެ މަސައްކަތް ބިދޭސިން ކުރާކަމަށް ދޭތެރޭން މީސްމީޑިއާގައި މީހުން ޝަކުވާކޮށް ހަދައެވެ.

ބިދޭސީން އުފައްދާ ބަނަހާއި ބިސްކޯދު އަދި ދުފާ ތަކެތިވެސް ލޭބަލް ކުރުމަކާ ނުލައި ވިއްކަން ބަހައްޓާފައި ހުރެއެވެ.

މިންގަނޑަށް ނު ފެތޭ ގޮތަށް ކާނާ އުފެއް ދުމުގައި ދިވެހިންވެސް ހަރަކާތްތެރިވެއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެފަރާތުގެ ބާރާއި ބެލެނިވެރިކަމުގެ ޒިންމާ އަދާކުރަނީ، ބައެއް ފަހަރުއެވެ. ދެމެހެއްޓެނިވި ގޮތެއްގައި، އެޒިންމާ އަދާކުރަމުންދާނަމަ، އިމިގްރޭޝަންގެ މުވައްޒަފުންނަށް ވުރެން ކުރިން އެކަން ފާހަގަ ވާނީ ފްޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.

އެފްޑީއޭއިން ޙަރަކާތްތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާ އަދާ ކުރާނަމަ …..

މިފަހަކަށް އެފަދަ އެތައް ތަނަކަށް އިމިގްރޭޝަނުން ރެއިޑްކޮށްގެން ބަލައި ފާސްކޮށް އެތަންތަނުން ބިދޭސިން ނަގާފައި ވެއެވެ. ކާނާ ތައްޔާރުކޮށް ޑެލިވަރީގެ މަސައްކަތް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކުރުމަށްފަހު، އިމިގްރޭޝަން އިން ވަނީ މިފަހަރުވެސް 4 ބިދޭސީއަކު، އެއިދާރާގެ ބެލުމުގެ ދަށަށް ނަގާފައެވެ.

އިމިގްރޭޝަނުން މިފިޔަވަޅު އަޅާފައި ވަނީ ޤާނޫނު ތަންފީޒު ކުރުމަށް އެ އިދާރާއިން ފަށާފައިވާ އިމިގްރޭޝަން ވޮޗްގެ ދަށުން ހިންގާފައިވާ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ އިމިގްރޭޝަނަށް އާންމު ފަރާތަކުން ދީފައިވާ މަޢުލޫމާތަކުންނެވެ.

ހިއްސާ ކުރައްވާ!