ޒަޔަނިސްޓު މުޖުތަމަޢަކީ ނަފްސާނީ ގޮތުން ބަލި މުޖުތަމަޢެއް

ޒަޔަނިސްޓުންގެ އަޚުލާޤެއް ރަޙުމެއް ނެތް ޢަމަލުތައް މީސްމީޑިއާގައި މީހުން ވަނީ މިއަދު ބަހުސްކޮށް ޒަޔަނިސްޓުންނަށް ފުރައްސާރަ ކޮށްފައެވެ. އާންމުން އެވާހަކަތައް ދައްކާފައި ވަނީ އިޒްރޭލުގެ އަނިޔާވެރި ގުއަންޓަނާމޯ ޖަލުގައި ފިރިހެން ޤައިދީން ރޭޕްކޮށް، އެކަން ވީޑިއޯކޮށް، ލިވާޠުކޮށްފައިވާ ކަން ދުނިޔެއަށް ސާބިތު ވުމާ ގުޅިގެން ނެވެ.

އިޒްރޭލުން ވަނީ މި މައްސަލާގައި ސިފައިންގެ 9 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން، ދޮގު ބަލާ މެޝިނަށް ލުމުން ފާސްވެފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޒަޔަނިސްޓުންގެ ޗެނަލް 12 ގައި ކުރިއަށް ގެންދިޔަ ލައިވް ޚިޔާލު ހޯދުމެއްގައި 47 އިންސައްތަ މީހުން ބުނެފައި ވަނީ ޖަލުތަކުގައި އަސީރުން ރޭޕް ކުރުމަށް އެމީހުން ސަޕޯޓު ކުރާ ކަމަށެވެ.

މިވާހަކަތައް މީސްމީޑިއާގައި ޝާއިކުރުމުން ޒަޔަނިސްޓު ޔަހޫދީން ވަނީ ކޮންގްރެސްވުމަން ރަޝީދާ ޠުލައިބް އާއި ނޫރާ އަރީޤާތަށް ފުރައްސާރަކޮށް ހަދާފައެވެ. ޔަހޫދީ މީޑިއާއިން މިހާރު ބުނަމުން ދަނީ އެއީ އުފައްދާފައިވާ ވީޑިއޯތަކެއް ކަމަށެވެ.

އިޒްރޭލުގައި ސުލްހައަށް މަސައްކަތް ކުރާ ޔަހޫދީ ޖަމާޢަތެއް ކަމަށް ބޭތުސަލާމުންވެސް ވަނީ އެ ވީޑިއޯ ދިރާސާކޮށް، އަސީރުންނާ އިންޓަރވިއުކޮށް ތަފްސީލީ ދިރާސާއެއް ނެރެފައެވެ. އެ ދިރާސާގައިވެސް ސާބިތުކޮށް ދީފައި ވަނީ އަނިޔާ ކުރުމާއި އަގު ވައްޓާލައި އިންސާނީ ކަރާމަތް ނަގާލުމުގެ އަމަލެއްގެ ގޮތުން އިޒްރޭލުން ފިރިހެނުން ގަދަކަމުން ރޭޕްކޮށް، ލިވާޠު ކުރުމުގެ އަމަލު ޖަލުގައި ހިންގަމުން ގެންދާ ކަމަށެވެ.

ޗެނަލް 12 އިން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގައި ގިނަ މީހުން ވަނީ ރޭޕް ކުރުމަށް ތާއީދުކޮށްފައެވެ. އިޒްރޭލު މުޖުތަމަޢަކީ ނަފްސީ ބައްޔެއް ޖެހިފައިވާ އަނިޔާވެރިކަމަށް ތާއަބަދު ތާއިދު ކުރާ ބަލި މުޖުތަމަޢެކެވެ.

ހިއްސާ ކުރައްވާ!