ފާޑުފާޑަށް ބިރު ދައްކާނަމަ ގުޅުމަށް އަސަރު ކުރާނެ: ނޯވޭގެ އިންޒާރު

ނޯވޭގެ ޑިޕްލޮމެޓުންނަށް ފަލަސްޠީނުގެ ސަރަހައްދުގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ޒަޔަނިސްޓު ސަރުކާރުން ހެދުމުން ނޯވޭއިން އެކަމަށް ފާޑުކިޔައިފިއެވެ.

“މިއަދުގެ މި ނިންމުމުގެ ނަތީޖާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރާ އަޅުގަނޑުމެންގެ ގައުމުގެ ގުޅުމަށް އަސަރު ކުރާނެ. މިހާރު ނަތަންޔާހޫ ސަރުކާރުން ކުރިމަތިކޮށްފައިވާ ޙާލަތަށް ރައްދު ދިނުމަށް ނޯވޭ ސަރުކާރުން އަޅާނީ ކޮން ފިޔަވަޅުތަކެއްތޯ ބަލައި އެކަމަށް އަޅުގަނޑުމެން މިދަނީ ވިސްނަމުން.” ނޯވޭގެ ފޮރިން މިނިސްޓަރު އެސްޕެން ބާތު އައިޑޭ މިއަދު ވިދާޅުވި އެވެ.

ޒަޔަނިސްޓުންގެ ދުނިޔެއެއްގައި ނޭވާ ލިޔަކަ ނުދޭނެ

ހިއްސާ ކުރައްވާ!