ޔަހޫދީންގެ ބަޔަކު 3 އަހަރުގެ ކުއްޖެއްގެ ބޮލަށް ބަޑި ދިއްކޮށްގެން

ނާބުލުސްއިން، ކާރުގައި ނިކުމެ، ނައުފާ ދަތުރު ކުރަމުން ދިޔައީ ވޭޒް އިން މަގު ދެއްކި ގޮތަށެވެ. ވޭޒު ސޮފްޓްވެއާ އަކީ ގޫގްލް މެޕްސް އެކޭ އެއްގޮތަށް ދަތުރުވެރިންނަށް މަގު ދައްކާ ޔަހޫދީ ސޮފްޓްވެއާއެކެވެ. ނައުފާގެ ޢާއިލާގެ 5 މީހުންގެ ތެރޭގައި އޭނާގެ އުމުރުން 3 އަހަރުގެ ދަރިފުޅުވެސް ކާރުގައި ދަތުރު ކުރަމުން ދިޔައެވެ.

ވޭޒްއިން ދެއްކި މަގުތަކުން ދަތުރު ކުރަމުން ދަނިކޮށް އެމީހުންނަށް އޮޅިގެން ވަދެވުނީ، ފަލަސްތީނުގެ ބިންތައް ހިފައިގެން އާބާދުކޮށްފައިވާ ހަރުކަށި، ހައްދުފަހަނައަޅާފައިވާ ނުލަފާ ޔަހޫދީންގެ އާބާދީއެއްގެ ތެރެއަށެވެ.

ނައުފާއާއި ޢާއިލާ ފެނުމާއެކު ޔަހޫދީން ހުރިހައި ދިމާއަކުން އެމީހުންނާ ދިމާއަށް ދުއްވައި ގަތެވެ. އަދި ހަވަރު އެއްވެގެން ކާރުގެ ބިއްލޫރިތައް ތަޅާލައި ކާރުގައި ތިބި ދަތުރުވެރިންނަށް އަނިޔާ ކުރަން ފެށިއެވެ. ގިނައިން ތިބީ އަންހެނުންނެވެ.

އާއިލާއަށް ބިރު ދެއްކުމުގެ ގޮތުން ނައުފާގެ 3 އަހަރުގެ ދަރިފުޅުގެ ބޮލަށް ޔަހޫދީން ބަޑިދިއްކޮށް އޭނާ ބިރުގަންނަވާލަން އެތައް އިތަކު ތިއްބެވެ. ޢާއިލާގެ ކެކުޅުމާއި ކުޑަ ދަރިފުޅުގެ ރުއިމާއި، ހޯބޯއްލެވުމުގެ އަޑަށް އެހިސާބަށް އައި ޔަހޫދީ ސިފައިންވެސް އިރުކޮޅަކަށް މަންޒަރު ބަލަން ތިބުމަށްފަހު ޔަހޫދީން ދުރަށް ޖައްސާލިއެވެ.

މިމައްސަލަ އިޒްރޭލުގެ މައާރިވް ނޫހުގައި ރިޕޯޓުކޮށް، އާންމުންގެ ސަމާލުކަމަށް އައުމާއެކު، ހިޓްލަރުގެ ގޭސްޗެމްބަރުތަކުން ސަލާމަތްވި ނަސްލުގެ ނުލަފާކަން ހާމަވެގެން ދިއުމުން ޔަހޫދީ ޖާސޫސީ އިދާރާ ޝިންބެޓުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. އިޒްރޭލުގެ މީޑިއާއިން ވަނީ އިޒްރޭލުގެ ޔަހޫދީ ނަސްލުގެ މުޖުތަމައުގެ ހަޔާތް ކުޑަކަމާއި އެމީހުންގެ އަނިޔާވެރިން ބަލަން ބޭނުން މީހަކުނަމަ، ޓީވީ ހުޅުވާލުމާއެކު އެކަން ހާމަވެގެންދާނެ ކަމަށްވެސް ބުނެފައެވެ.

ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން ޔަހޫދީން އާބާދުކޮށްފައިވާ ޒަޔަނިސްޓް އާބާދީތަކަށް ފުލުހުންގެ ވަޒީރު ބެންގްވީރު ވަނީ އެމެރިކާއިން ހޯދާފައިވާ ބަޑިތައް ހަވާލުކޮށްފައެވެ. އެ ހަތިޔާރު ހިފައިގެން، ޔަހޫދީން ދަނީ ދޭތެދޭތެރޭން ފަލަސްޠީނުގެ އަވަށްތަކަށް ވަދެ ފަލަސްޠީނު މީހުންނަށް ބިރުދައްކައި ގެތަކުގައި ހުޅު ޖަހަމުންނެވެ.

ދުނިޔެ ނާމާން ތަނަކަށް ހަދައި ދެ ބޮޑު ހަނގުރާމައަށް މެދުވެރިކޮށްދިން ޔަހޫދީން މާޒީގައިވެސް ފަސާދަ އުފައްދައި ސުލްހަމަސަލަސްކަން ނަގާލި ފަދައިން މެދުއިރުމަތީގައި އައު ހަނގުރާމައެއް ފެށޭތޯ ތާއަބަދު ދަނީ ފަސާދަ އުފައްދަމުންނެވެ.

ހިއްސާ ކުރައްވާ!