ޔަހޫދީންނަކީ މުޢާހަދާއެއް ހަދައިފިނަމަ އެއާ ޚިލާފްވާ ބަޔެއް

ޒަޔަނިސްޓުންނަށް ރައްކާތެރިކަން ހޯދުމަށް ބުރާސްފަތި ދުވަހު ބާއްވާ ސަމިޓްގައި ބައިވެރި ނުވާން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ޙަމާސްއިން ނިންމައިފިއެވެ. މި ސަމިޓް ބޭއްވުމަށް ފޫގަޅާފައި ވަނީ މިސްރުންނެވެ. މިސްރަކީ އައްތާބިޢީން ސްކޫލަށް ޒަޔަނިސްޓުން ދިން ޤަތުލުއާންމު ކުށްވެރި ކުރުމަށް ނެރުނު ބަޔާނުގައި ސާފު ބަހުން ޤަތުލުޢާންމެއް ކަމަށް ބުނެފައި ނުވާ ޤައުމެކެވެ.

ޙަމާސްއިން ބުނެފައި ވަނީ އިޒްރޭލާއި އިޒްރޭލުގެ ބޮޑު ވަޒީރުގެ އަސްލު ނިޔަތް އެ ޖަމާޢަތަށް ސާފުވާ ކަމަށެވެ. ޙަމާސްއިން ގޮވާލާފައި ވަނީ އައު ބުރަކަށް ވާހަކަތައް ބޭއްވުމުގެ ކުރިން 2 ޖުލައިގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރުމަށެވެ.

ކީރިތި ޤުރުއާނުގައި ވެސް ތަކުރާރުކޮށް ވަޙީކުރައްވާފައިވާ ފަދައިން ޔަހޫދީންނަކީ އެއްބަސްވުމެއް ހެދުމަށް ފަހު އެ އެއްބަސްވުމަށް އަމަލު ނުކޮށް އެ އެއްބަސްވުން ރޫޅާލަން މަސައްކަތް ކުރުމަށް މަޝްހޫރު ބަޔެކެވެ.

ފަލަސްޠީނާއެކު ހަދާފައިވާ ކުރީގެ އެއްބަސްވުންތަކާއި އޮސްލޯ މުޢާހަދާއަށްވެސް ޔަހޫދީން އަމަލު ކުރީ އެގޮތަށެވެ.

ޒަޔަނިސްޓު ޔަހޫދީ ވަޒީރުން ދަނީ ފަލަސްޠީނު މީހުން ބަނޑަށް ޖައްސާލުމަށް ގޮވާލަމުންނެވެ.

ހިއްސާ ކުރައްވާ!