ޔަހޫދީ ވަޒީރުން ހަނގުރާމައިގެ ޖަރީމާތަކަށް ހިތްވަރު ދެނީ؛ ޖޮސެފް ބޮރެލް

ޔަހޫދީ ޒަޔަނިސްޓް ވަޒީރުން ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ހިތްވަރު ދެމުންދާކަމަށް، ޔޫރަޕްގެ ޖަމާއަތުގެ ޚާރިޖީ ގުޅުމާ ބެހޭ މަސްއޫލުވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އިޒްރޭލުގެ ފުލުހުންގެ ވަޒީރު، އިރާގްގެ ކުރުދީ ދަރިކޮޅުގެ ބެން ގްވީރް، ފަލަސްޠީނު މީހުންނަށް ފެނާއި ތެލާއި ކާނާގެ އެހީ ކަނޑާލުމަށް ގޮވާލުމާއި، ޔަހޫދީ މާލީ ވަޒީރު ސްމޮރިޗް ފަލަސްޠީނު މީހުން ބަނޑަށް ޖެއްސުމަށް ގޮވާލާ ގޮވާލުމަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ހިތްވަރު ދިނުމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!