ޙިޒުބުﷲގެ ޙަމަލަތައް ވަރުގަދަ ކޮށްފި

ޙިޒުބުﷲއިން ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ހަމަލަތައް ވަރުގަދަ ކޮށްފިއެވެ. ދާދި ދެންމެއަކު، ޙިޒުބުﷲއިން ވަނީ ޓޭންކާ ދެކޮޅަށް ބޭނުން ކުރާ ދެ މިސައިލް ފޮނުވާފައި ކަމަށް ޔަހޫދީ މީޑިއާއިން ބުނެފިއެވެ. އަދި ޙިޒުބުﷲ އިން ވަނީ އާދިއްތަ ދުވަހު އިއްޔެވެސް އިޒްރޭލާ ދެކޮޅަށް 8 އޮޕަރޭޝަން ހިންގާފައެވެ. ފުރަތަމަ އޮޕަރޭޝަން ފަށާފައި ވަނީ ހެނދުނު 7:30ގައެވެ. އަދި އެންމެ ފަހު އޮޕަރޭޝަން ހިންގާފައި ވަނީ މަޣްރިބް ނަމާދު ގަޑީގައެވެ.

ހޮނިހިރު ދުވަހުވެސް އަށް އޮޕަޜޭޝަން ހިންގާފައި ވެއެވެ. އެންމެ ފަހު އޮޕަރޭޝަން އެދުވަހު ހިންގާފައި ވަނީ ރޭގަނޑު 8:20ގައެވެ.

މި ޙަމަލަތަކުގެ އިތުރުން ޑްރޯން ޙަމަލަތަވެސް ދީފައި ވެއެވެ.

ހިއްސާ ކުރައްވާ!