ޙިޒުބުﷲ އިން ޒަޔަނިސްޓުން ބިރު ގަންނަވާލައިފި

ހުޅަނގާއި ދުނިޔެއިން ހިމޭނުން އޮތުމުން އިޒްރޭލަށް ވަނީ އަނިޔާވެރި ވުމަށް ހިތްވަރަކަށް ވެފައި: ޖަޕާނުގެ ޚާރިޖީ ވަޒީރާ ވާހަކަ ދައްކަވަމުން އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު ޢަލީ ބާޤިރީ ކާނީ


އީރާނަށް އިޒްރޭލާ ދެކޮޅަށް ރައްދު ދިނުމުގެ ހައްޤު ލިބިގެންވޭ: ޕާކިސްތާންގެ ޚާރިޖީވުޒާރާގެ ތަރުޖުމާން


ޙިޒްބުﷲ އިން ހާމަކޮށްފައިވާ ޢިމާދު4 ވަނަ ރޮކެޓް ފޮނުވާ ބިންގަރާހުގެ ފޮޓޯތަކަކީ ބިރުވެރި ފޮޓޯތަކެއް ކަމަށް އިޒްރޭލުގެ ޔެދިއޮތު އަހުރެނޮތު ނޫހުން ބުނެފިއެވެ. ޙިޒުބުﷲއިން ހާމަކޮށްފައިވާ ފޮޓޯތަކުން ދޭހަވަނީ އެފަދަ އެހެން މަރުކަޒުތައްވެސް އެބަހުރި ކަމަށެވެ. މިއީ ލޮރި ދުއްވޭ ވަރުގެ ފުޅާ މަގުތައް ހަދާފައިވާ ބިން ގަރާހެކެވެ. މިތަންތަން ޙިޒުބުﷲއިން އުފައްދާފައި ވަނީ އިޒްރޭލުގެ ޖާސޫސުންނަށް އެނގުމަކާ ނުލައެވެ. އަދި މިއީ ޔަހޫދުންގެ ޖާސޫސުންނަށް ނޭގޭ ހިސާބުގައިވާ ތަންތަން ކަމަށް ބުނެފައި ވެއެވެ.


ޙަމާސްގެ ލީޑަރު މުހައްމަދު ޟައިފް ޝަހީދު ނުވާކަމަށް ޙަމާސްގެ ލީޑަރެއް ކަމަށްވާ އުސާމާ ހަމްދާން ވިދާޅުވެއެވެ. ހަމާސްއަކީ އެފަދަ ބަޔާންތަކުގައި އާދަވެގެން އޮޅުވާލާ ބައެއް ނޫން ކަމުން ޙަމާސްގެ މި ވާހަކަ ޤަބޫލު ކުރެވެއެވެ. ލަފާ ކުރެވޭ ގޮތުގައި މުޙައްމަދު ޟައިފް އުޅުއްވަނީ އާލާސްކަމެއްގައެވެ. ނަމަވެސް އިުރު ތަފްޞީލެއް އުސާމާ ޙަމްދާނެއް ނުދެއްވައެވެ.


ހުޅަނގު އައްސޭރީގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ސެޓްލަރުންގެ މީހުންގެ 100 މީހުން ވެގެން ފަލަސްޠީނުގެ ޖާތު އަވަށަށް ޙަމަލަ ދިފިއެވެ. އެ ޙަމަލާގައި ގެތަކާއި އުޅަނދުތަކާއި ދަނޑުބިމުގައި ހުޅުޖަހާފައި ވެއެވެ. ނާބުލުސް ހަސްފަތާލުން ބުނިގޮތުގައި ފަލަސްޠީނުގެ 11 މީހަކަށް އަނިޔާވެގެން ފަރުވާދީފައި ވެއެވެ.

ވައިޓްހައުސްއިން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އިޒްރޭލު ސިފައިންވެސް ބުނެފައި ވަނީ މައިދާނުގައި ސިފައިން ހަނގުރާމަ ކުރަމުންދާއިރު ސެޓްލަރުން ހަމަނުޖެހުން އުފެއްދުމަކީ އެމީހުންވެސް ކުށްވެރި ކުރާ ކަމެއް ކަމަށެވެ. އިޒްރޭލުގެ ފުލުހުންގެ ވަޒީރު ބެންގްވީރު ސިފައިން ކުށްވެރި ކުރަމުން ބުނެފައި ވަނީ އެމީހުން ހަމަނުޖެހުން އުފައްދަން އުޅުނު އިރު ސިފައިން އެމީހުންނަށް ހުރަސް ނޭޅީ ކަމަށެވެ.


ނަތަންޔާހޫގެ ކާފަ ދަރިފުޅަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީއެއް

ނަތަންޔާހޫގެ ކާފަ ދަރިފުޅު ހައްދުފަހަނައަޅާފައިވާ ހަރުކަށި ދީނީ ޔަހޫދީއަކަށްވެ އެމީހުންނާއެކު ދިރިއުޅެން ދިމާކުރުމުން، ނަތަންޔާހޫ އޭނާއާ ދުރުވެގެންފިއެވެ. ނަތަންޔާހޫގެ ކާފަ ދަރިފުޅަށް 12 އަހަރު ފުރިގެން ބޭއްވި ހަފްލާއަށް ޒަޔަނިސްޓު ބޮޑު ވަޒީރު ހާޒިރުވެފައެއް ނުވެއެވެ.

މި ފިރިހެން ކުއްޖާއަކީ ނަތަންޔާހޫ ކުރިން މީހަކާ އިނދެގެން ލިބިފައިވާ ދެކުދިންގެ ތެރޭން ދެވަނަ އަންހެން ކުއްޖާ ނޯވާއަށް ލިބުނު ދަރިއެކެވެ. ނަތަންޔާހޫއާ ގާތްކޮށް އުޅެނީ އޭނާގެ މިހާރުގެ އަންހެނުންގެ ކުދިންނެވެ.


ހަމާސްގެ ތަހުޤީޤެއް ކުރުމަށް ފަހު ބުނެފައި ވަނީ ޙަމާސްއިން އޭނާ ބަލަހައްޓަން ހަވާލު ހުރި މީހާ ޔަހޫދީ އަސީރު މީހާ މަރާލީ ފަލަސްޠީނު މީހާގެ އާއިލާ ޔަހޫދީން ދިން ޙަމަލައެއްގައި އެއްކޮށް ޝަހިދުކޮށްލުމުން ނެވެ. އިޒްރޭލުން ބުނެފައި ވަނީ ހަމާސްއިން ޔަހޫދީ އަސީރުންގެ ފޮޓޯތައް މީޑިއާގައި ޝާިއުކުރުމުން ނަފްސާނީ ގޮތުން ނުތަވަނަސް ކަމެއް ޔަހޫދީންނަށް ކުރިމަތިވާ ކަމަށެވެ. އދި މިއީ އެގޮތަށް ޙަމާސްއިން އަސީރެއްގެ ފޮޓޯ ޝާޢިއު ކުރި ދެވަނަ ފަހަރެވެ!


ޒަޔަނިސްޓު ޔަހޫދުންގެ ޑޮކްޓަރުން ޤައުމުން ބޭރަށް ދާ މައްސަލަ ބޮޑުވެފައި. އިޒްރޭލު ޑޮކްޓަރުން ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުމާއި ދިރިއުޅުމުގެ ދަތިތަކާ ހެދި އެމީހުންގެ މެދުގައި ނަސްފާނީ މަސައްލަތައް އިތުރުވެ ވަރި ގިނަވެފައި ވެއެވެ. އަދި ގިނަ ޑޮކްޓަރުން ދަނީ އިޒްރޭލު ދޫކޮށް ބޭރު ޤައުމުތަކަށް ހިޖުރަ ކުރަމުންނެވެ. ޔޫރަޕްގައި ޑޮކްޓަރަކު9 ގަޑިއިރުގެ ޑިއުޓީއެއް އަދާކުރާއިރު އިޒްރޭލުގައި ބައެއް ދުވަސްދުވަހު އެމީހުން 26 ގަޑިއިރުގެ ޑިއުޓީއެއް ވެސް ނިންމަން ޖެހެއެވެ. އިތުރު ގަޑީގައި ޔޫރަޕްގައި މަހެއްގެ މައްޗަށް 3 ނޫނީ 4 ޝިޕްޓް އަދާކުރާއިރު އިޒްރޭލުގައި މަހަކު 7 ނޫނީ 10 ޝިފްޓް އަދާކުރަންވެސް ޖެހެއެވެ. ޔަހޫދީ ޑޮކްޓަރުން ޤައުމުން ބޭރުވާ މައްސަލަ ވަނީ އެހެންވެ ބޮޑު މައްސަލައަކަށް ވެފައި: އިޒްރޭލުގެ ދުވަހު ނޫސް ވައިނެޓް ނިއުސް


3:40 ޒަޔަނިސްޓު ސިފައިން ވަނީ ދެކުނު އަދި މެދުތެރޭ ޣައްޒާއިން ފަލަސްޠީނު މީހުން ބޭރުވުމަށް މިއަދު މެންދުރު އިންޒާރު ދީފައެވެ. ޒަޔަނިސްޓުން ލަފާކުރަނީ ޙަމާސްގެ ހަނގުރާމަވެރިން ފަލަސްޠީނުގެ މީހުންގެ މެދުގައި ދިރިއުޅެމުންދާ ކަމަށެވެ.


ޙިޒުބުﷲ އިން ވަނީ ޒަޔަނިސްޓުންނަށް ތައްޔާރުކޮށްފައިވާ ޙަމަލަ ދިނުމުގެ ތައްޔާރީތަކުގެ ވީޑިއޯތައް ދައްކާލާފައެވެ. ވީޑީއޯއިން ފެންނަނީ ބިންގަރާހުގައި ސައިކަލާއި ލޮރި ދުއްވާ  މަންޒަރެވެ. އަދި ޙިޒްބުﷲގެ ރޮކެޓު ލޯންޗާތައް ވެސް ތައްޔާރަށް ހުރިކަން ދައްކައިދީފައި ވެއެވެ.

ޙިޒުބުﷲ ގެ ވީޑިއޯގައި ބުނެފައި ވަނީ ރޮކެޓް ޙަމަލަ ދޭންވީ ތަންތަން އެނގޭ ކަމަށާއި އެތަންތަނުގެ ކޯޑިނޭޓޝަންތައް މިސައިިލް ލޯންޗާތަކަށް ފީޑްކޮށް ލޮކްކޮށްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!