ދެމުޖުރިމުން ހައްޔަރު ކުރުމަށް އަމުރު ނެރެފާނެތީ ބިރުން ތެލެނީ

ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން ދެ މުޖުރިމުން ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށާއި އެކަން ކުރިއަށްދާ ގޮތް ބެލުމަށް ނަތަންޔާހޫ އާއި ގެލެންޓު މިއަދު މަޝްވަރާތައް ބާއްވައިފިއެވެ. މި ދެމުޖުރިމުންނަކީ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމަށް މަސައްކަތް ކުރާތީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ކުށްވެރިކޮށްފައިވާ ދެ މުޖުރިމުންނެވެ.

މި ބައްދަލުވުމުގައި އިޒްރޭލުގެ ބަންޑާރަ ނާއިބްވެސް ބައިވެރިވިއެވެ. އޭނާ ބުނެފައި ވަނީ ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ތަހުޤީޤު ކުރުމަށް އޭނާވެސް ކޮމިޝަނެއް އެކުލަވާލާނެ ކަމަށެވެ. ނަމަވެސް އެފަދަ ކޮމިޝަނެއް އެކުލަވާލުމަކުން، އައިސީސީން ދެ މުޖުރިމުން ހައްޔަރު ކުރުމަށް އަމުރު ނެރުމަށް ހުރަހެއް އެޅޭނެ ކަމަކަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!