ޔަހޫދުން ޖަރުމަން ބިސްކޯދު ކުންފުންޏެއް ބްލެކްމެއިލް ކޮށްފި

ޔަހޫދުން، ޖަރުމަންވިލާތުގެ ބިސްކޯދު އުފައްދާ އެންމެ ދުވަސްވީ އަދި އެންމެ މަޝްހޫރު ކުންފުނީގެ ވެރިން ބްލެކްމެއިލް ކޮށްފިއެވެ. ޖަރުމަނުގެ ބިސްކޯދު އުފައްދާ ބަލްސަން ކުންފުންނިން ވަނީ މީގެ ކުރިންވެސް ޔަހުދީ ލޭބަރުން ގެންގުޅުކަމަށް ތުހުމަތުކޮށްގެން ދެއްކި ރިޕޯޓްތަކާ ގުޅިގެން މަޢާފަށް އެދިފައެވެ. އަދި އެ ކަމަށް މަޢާފަށް އެދިފައިވާ ލިޔުން، އެކުންފުނީގެ އިންފާރުން ބޭރުގައި މާސިންގާ ބޯޑެއްވެސް ބަހައްޓާފައި ހުރެއެވެ.

މިހެން މިކަން އޮތްވައި، އަނެއްކާވެސް މި ހަފްތާގައި އެ ކުންފުނި ނުބައި މީސްކޮށް ދެ ރިޕޯޓެއް ޝާއިއުކޮށްފިއެވެ. އެކަމާ ގުޅިގެން އެކުންފުނިން އަނެއްކާވެސް މަޢާފަށް އެދެން މަޖުބޫރުކޮށްފިއެވެ.

އިންފާރުން ބޭރުގައި ބަހައްޓާފައިވާ ލިޔުން

މި އައު ރިޕޯޓް ތައްޔާރު ކުރަން ޙަވާލު ކުރީ، އެ ކުންފުނި ނިސްބަތްވާ ބަލްސަން އާއިލާގެ ވާރިސެއްކަމަށްވާ ވެރެނާ ބަލްސަން އާއިލާގެ ދިފާޢުގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެ ކުންފުނިން މަޖުބޫރުކޮށްގެން މީހުން ލައްވައި މަސައްކަތްކުރުވާފައި ނުވާނެ ކަމަށާއި އަދި މީހުންނަށް މުސާރަ ދީ، އެމީހުންނާ މެދު ރަނގަޅަށް ކަންތައް ކޮށްފައިވާނެ ކަމަށެވެ.

މި ހަފްތާގައި ދެ ތާރީޚު އިލްމުވެރިން ލައްވައި ތައްޔާރު ކުރުވި ރިޕޯޓްގައި ވަނީ، 800 މީހުންނަށް މުސާރަ ނުދީ ގެންގުޅުނު ކަމަށެވެ. އަދި އެއީ ކުރިން ބުނި 250 މީހުންނަށް ވުރެން އިތުރު އަދަދެއް ކަމަށެވެ.

ވެރީނާ ބަލްސަން
ހިއްސާ ކުރައްވާ!