ފަލަސްޠީނު މީހުނެގެ ލޭ ނުބޯތީ ޝުކުރު ވެރިވާން ޖެހޭނެތަ؟

ޖަލުގައި ފަލަސްޠީނުގެ މީހުންނާއެކު ލިވާޠުކޮށް ފިރިހެން އަސީރުން ރޭޕް ކުރި ޒަޔަނިސްޓް ސިފައިންގެ ފަސް މުޖުރިމަކާއެކު އިޒްރޭލު ސިފައިން ތަހުޤީޤު ހިންގައިފި: އިޒްރޭލުގެ ޗެނަލް 12

މިމައްސަލާގައި ސިފައިންގެ 12 މީހަކު ހައްޔަރު ކުރިއެވެ. އަދި ބައެއް މީހުން ވަނީ މީސްމީޑިއާގައި އެމީހުންގެ ޖަރީމާއަށް އެއްބަސްވެ ފޮނިކަނޑާފައެވެ. ޔަހޫދީން ވަނީ އެކަމަށް ސަޕޯޓުކޮށް މުޒާހަރާވެސް ބާއްވާފައެވެ.


ޤުދުސްއާއި އެހެން ތަންތާނގައި ފަލަސްޠީނު މީހުންގެ ގެތައް ދަތްގަނޑު ޖަހައި ނައްތާލަމުންދާ ކަމަށް ޒަޔަނިސްޓުންގެ ޓެރަރިސްޓް ޕޮލިސް މިނިސްޓަރ ބެން ގްވީރް ބުނެފިއެވެ. އޭނާ ބުނީ ހުއްޓުމެއް ނެތި ޒަޔަނިސްޓުން އެ ޖަރީމާތައް އުފަލާއެކު ހިންގަމުން ގެންދާ ކަމަށެވެ.


އިނގިރޭސި ދައުލަތުން ޒަޔަނިސްޓުންނަށް ހަތިޔާރު ވިއްކަމުން ދިއުމަކީ ހަނގުރާމައިގެ ޖަރީމާއެއް ހިންގުމެއް ކަމަށް ބުނެ ޤާނޫނީ ވަކީލުން ހުށަހަޅާފައިވާ ދަޢުވާއެއް ލަންޑަން ހައިކޯޓުން ބަލައިގެންފައިވާ ކަމަށް ގާޑިއަން ނޫހުން ބުނެފި. މި ދައުވާގައި 12 މީހެއްގެ ހެކިބަސް ހިމަނާފައިވޭ.

މި ދަޢުވާގައި އޮކްސްފާމްއާއި ހިއުމަންރައިޓްސް ވޮޗްއާ އިތުރު އެހެން އެންޖީއޯތަކުން ބައިވެރިވޭ.


ހުޅަނގު އައްސޭރީގައި ބިންތައް ހިފައި ޒަޔަނިސްޓު ޔަހޫދީން އެ ބިންތަކުގައި ވަޒަންވެރި ކުރަމުން ދިއުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފް ކަމެއް ކަމަށް އދން ބުނެފި. އދން މިހެން ބުނަމުންދާތާ 70 އަހަރު ވެއްޖެ


އިނގިރޭސި ސަރުކާރުން ހަނގުރާމައިގެ ޖަރީމާގައި ބައިވެރިވާކަމަށް ބެލެވޭކަމަށް ލަފާ ކުރާ ކަމަށް ބުނެ ޑަބްލިންގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފް މާކް ސްމިތު މަޤާމުން އިސްތިއުފާ ދީފި. އޭނާ ފޮރިން އޮފީހަށް ފޮނުވި ސިޓީ މީސްމީޑިއާގައި އެނބުރެމުން އެބަދެއެވެ.


ޒަޔަނިސްޓު ޔަހޫދުން އެހީގެ މަސައްކަތުގައި އުޅޭ ފަރާތްތައް ނައްތާލުމަށް ދޭ ޓެރަރިސްޓް ހަމަލައާ ދެކޮޅަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ތެދުވެ އެކަން ކުށްވެރި ކުރުމަށް ހަމާސްއިން ގޮވާލައިފި


ޔަހޫދުން ހިފައިގެން ތިބި ފަލަސްޠީނާއި ލުބުނާނަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާ ކަމަށް މިއަދު 10 އެއާލައިނަކުން ބުނެފި


ވަންނާނެ ބޯހިޔާވަހިކަމެއް ނެތިގެން ޣައްޒާގެ މީހުން ދިރިއުޅެމުން ދަނީ ބޮން އަޅާފައިވާ ޢިމާރާތްތަކުގެ ދަށުގައި: އުނަރުވާގެ ތަރުޖުމާން


ޔަހުޔާ ސިންވާރު ފެނޭތޯ ޒަޔަނިސްޓުން ޣައްޒާގައި އަތްފުނާ އަލަމުން ދިއުމުގެ ތެރޭގައި ދޭރުލް ބަލަޙް ރެފިއުޖީ ކެމްޕާއި ޚާން ޔޫނިސް ރެފިއުޖީ ކެމްޕަށް ހަމަލަ ދެމުން އެބަ ގެންދޭ.


21 އެއީ ޒަޔަނިސްޓުން މިހާތަނަށް ޝަހީދުކޮށްފައިވާ އެހީ ދޭ ރެޑް ކްރެސެންޓުގެ މުވައްޒަފުން ޝަހީދު ކުރި އަދަދު.


ޚާން ޔޫނިސްގައި މިރޭވެސް 5 މީހަކު ޝަހީދު ކޮށްލައިފި


ހާލަތު އިތުރަށް ގޯސް ވިޔަ ނުދޭން ކުރެވެން އޮތް ކަމަކީ ޒަޔަނިސްޓުން ދޭ ޙަމަލަތައް ހުއްޓުވުން: އުރުދުންގެ ޚާރިޖީ ވަޒީރު


82 އެއީ ޒަޔަނިސްޓު ޔަހޫދުން މިހާތަނަށް މަރާލާފައިވާ ސިވިލް ޑިފެންސްގެ މީހުންގެ ޢަދަދު


ތެޔޮ ނެތިގެން ޚިދުމަތް ހުއްޓުމަކަށް އަންނާނީ ކަމާލް ޢަދުވާން ހަސްފަތާލުގައި 12 ކުރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބުނެފި


ހިފާފައިވާ ޖޯލާންގައި ޒަޔަނިސްޓް ސިފައިން ތިބޭ ދެ މަރުކަޒަކަށް ކާމިޔާބު ކަމާއެކު ޙަމަލަދީފި ކަމަށް ޙިޒުބުﷲއިން ބުނެފި


ބްލިންކެން އިޒްރޭލުގައި. ބުނަނީ ބަދަހިކޮށް ޒަޔަނިސްޓު ދައުލަތް ދިފާއު ކޮށްދޭން އެމެރިކާ އޮންނާނެ ކަމަށް

ހިއްސާ ކުރައްވާ!