ގަތުލުއާންމު ހިންގުމަށް އެމެރިކާއިން އިޒްރޭލަށް ފުރުސަތު ހޯދައި ދެނީ؛ ހަމާސް

ހަމަލަތައް ހުއްޓާލުމަށް ވާހަކަ ދައްކަމުން ގޮސް 48 ގެ މަޝްވަރާތައް ނިންމާލުމަށްފަހު އެމެރިކާއިން އަނެއްކާ އައު ވާހަކައެއް އިއުލާން ކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ އިޒްރޭލަށް ޒިޔާރަތް ކުރައްވާފައެވެ. އޭނާ ވިދާޅުވަނީ އަދާހަމަ ކޮށްފައިވާ ހަމަލަތައް ހުއްޓާލުމުގެ ޕްލޭން ޔަހޫދީ ބޮދު ވަޒީރު ނަތަންޔާހޫ ޤަބޫލުކޮށްފައިވާ ކަމަށެވެ.

އެ ވާހަކައަށް ރައްދު ދެއްވަމުން ހަމާސްގެ ލީޑައު އުސާމާ ޙަމްދާން ވިދާޅުވަނީ އެއީ ޙަމާސްއަށް ހުށަހަޅާފައިވާ އަދި އެއްބަސްވެފައިވާ ޕްލޭނެއް ނޫން ކަމަށެވެ. މީގެ ކުރިންވެސް މަސްރަޙު ފިނިކުރުމަށާއި ސުލްޙައަށް ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް އިޒްރޭލާއި އެމެރިކާއިން މިފަދަ ޔަހޫދީ ހިންތާތަކެއް ހަދައި ފަލަސްޠީނު މީހުން ނުބައި މީސްކޮށްލައި އިޒްރޭލަށް މޮޑުވާ ގޮތް ހަދައެވެ.

ޙަމާސް އިން ބުނަނީ މިއީ ޔަހޫދުންނަށް ގަތުލުއާންމު ހިންގުމަށް ފުރުސަތު ދިނުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

އުސާމާ ޙަމްދާން ވިދާޅުވީ، ޙަމާސްއިން ޒަޔަނިސްޓުންނާއި އެމީހުންގެ ބައިވެރިންނާއެކު ކުރާ މަޝްވަރާތަކުގައި ހަމާސްގެ ލީޑަރު ޔަޙުޔާ ސިންވާރު ޢަމަލީ ގޮތުން ދައުރެއް އަދާކުރައްވާ ކަމަށެވެ. އޭނާއާއި މުވާސަލާތު ކުރުމުގައި ދަތިތަކެއް ހުރިނަމަވެސް، އެކަންކަމަށް ޙައްލެއް ހޯދައި ސިންވާރުގެ ބައިވެރިވެ ވަޑައިގަތުން ކަންކަން ނިންމުމުގައި އޮންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!