ޙިޒުބުﷲގެ ހަމަލަތައް ދޭ ސަރަހައްދު ފުޅާކޮށްފި

ޔަހޫދީ ޒަޔަނިސްޓުންނާ  ދެކޮޅަށް ޙިޒުބުﷲ އިން ދެމުންދާ ޙަމަލަތައް ވަރުގަދަކޮށް ފުޅާކުރަން ފަށައިފިއެވެ. ޙިޒުބުﷲ އިން މި ފިޔަވަޅު އަޅާފައި ވަނީ ޒަޔަނިސްޓުން ދެކުނު ލުބުނާނަށް ދެމުންދާ ހަމަލަތައް އިތުރުކޮށް ފުނަށް ޙަމަލަ ދެމުން ދިއުމާ ގުޅިގެންނެވެ.

ޙިޒުބުﷲ އިން ޒަޔަނިސްޓުންގެ އަވަށްތަކަށް އުތުރު އިޒްރޭލުގައި ހިފާފައިވާ ބިންތަކަށް ދެމުންދާ ހަމަލަތައް 11 މޭލު އެތެރއަށް ޖައްސާފައި ވެއެވެ. އޭގެ ތެރޭގައި އެތަންތާނގައި އާބާދުކޮށްފައިވާ ޔަހޫދީ އާބާދީތައް ހިމެނެއެވެ. އަދި މިދިޔަ 10 ދުވަސް ތެރޭގައި ޔަހޫދުން އެމީހުން ވަޒަންވެރިކޮށްފައިވާ އަވަށްތަކުން ބޭރުވެގެން ފިލައިގެންދާ ނިސްބަތްވެސް 10 ޕަސެންޓަށް އިތުރު ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!