ފަލަސްޠީނު މީހުންގެ އައު އިންތިފާޟާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދިފި

މިދިޔަ ހުކުރު ދުވަހު ޓެލްއަވީވްގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ހުޅަނގު އައްސޭރީގައި ހާލަތު ގޯސްވާން އުޅޭ ކަމަށް ބުނެ ޔަހޫދީ ޖާސޫސީ އިދާރާތަކުން އިންޒާރުކޮށްފިއެވެ. އަދި އެ އިދާރާތަކުން ބުނެފައި ވަނީ މި އިންޒާރުތައް ސީރިއަސްކޮށް ނެގުމަށް އެމީހުން ގޮވާލާ ކަމަށެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާތަކުން ބުނަނީ، ފެންނަ ފެނުމުގައި މިހާރު ކަންތައްތައް ހުރިގޮތުން ހީވަނީ، ހުޅަނގު އައްސޭރީގައި އައު އިންތިފާޟާއެއް ފެށިދާނެ ހެންނެވެ.

ޔެޑިއޮތު އަހްރޮނޮތު ނޫހުގެ އަސްކަރީ ތަހުލީލުކުރާ ރޮން ބެން ޔިޝާއީވެސް ބުނަނީ ހުރިހާ ހެކިތަކަށް ބަލާއިރު އިޒްރޭލަށް ވަރަށް އަވަހަށް އާ، ވަރުގަދަ ހަނގުރާމައިގެ މައިދާނަކާ ކުރިމަތިލާން ޖެހިދާނެ ހެންނެވެ.

ތެލްއަވީވްގައި ފައްޅިއެއްގެ ކައިރީގައި ދީފައިވާ ބޮމުގެ ޙަމަލައަކީ، 24 އަހަރުގެ ތެރޭގައި ދިން އެފަދަ ފުރަތަމަ ބޮމުގެ ޙަމަލައެވެ. އަދި އެއީ އިންޒާރުގެ ރަނގަބީލެއްކަމަށް ބެލުމަށް ގޮވާލާފައި ވެއެވެ.

ހިއްސާ ކުރައްވާ!