ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމު އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އިސްތިޢުފާ ދެއްވީ އޭނާ މަގާމުގައި ބަހައްޓަން ނުފެންނާތީ އޭނާ ވަކި ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ. އޭނާގެ ސްޓާފުން ވަނީ ފަހު ވަޤުތު އަލްވަދާޢު ކިޔައި ޝުކުރު އަދާކޮށްފައެވެ.
ޙުސައިން ޝަމީމު މަޤާމުގައި ހޭދަކުރެއްވީ ހަތަރު އަހަރު ދުވަހުއެވެ. އޭނާ ވަނީ ގިނަ އިޞްލާޙުތަކެއް ތަޢާރަފް ކޮށްދެއްވައި އެ އޮފީހުގެ މަސައްކަތް ތަރުތީބު ކޮށްދެއްވާފައެވެ.