ޕީޖީ އާއި ރަޝިޔާގެ ކޮންސުލް ޖެނެރަލް ބައްދަލުކުރައްވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފާއި ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އިޑަމްކިން، ބައްދަލު ކުރައްވައި، ދެ ޤައުމުގެ މެދުގައި ޤާނޫނީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ މެދު މަޝްވަރާ ކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ޤާނޫނީ ދާއިރާގައި ގުޅުން ބަދަހިކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި އަދި ގުޅުންހުރި އެހެނިހެން ދާއިރާތަކުން އެއްބާރުލުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަކީ މާނަހުރި، ފައިދާ ކުރަނިވި ބައްދަލުވުމެއް ކަމަށް ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެން އެލެކްސީ އިޑަމްކިންއަށް ޝުކުރު ދަންނަވަން. ފައިދާހުރި މަޝްވަރާތަކަށްޓަކައި،" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. "ޤާނޫނީ އަދި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކުގައި ކުރިއަށް އޮތްތަނުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވުމަކީ އަޅުގަނޑުމެންނަށް އެދޭ ވަރަށް މުހިންމު ކަމެއް" އިތުރަށް ބުނެފައި ވެއެވެ.

ޒަމާންތަކެއް ވަންދެން ދިވެހި ސަރުކާރުން ރަޝިޔާގެ ގުޅުން ވަޅޯކޮށް ބޭއްވުމަށް ފަހު މިހާރު ދެގައުމުގެ ދެމެދުގެ ގުޅުން ރަނގަޅުވާން ވަނީ ފަށާފައެވެ. މި ބައްދަލުވުމަކީ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!