ނަތަންޔާހޫއަކީ އިތުބާރު ކުރަން ހެޔޮނުވާ ވަރުގެ ޔަހޫދީއެއް ކަމަށް ބުނެފި

އިސްރާއީލުގެ މަތީ ދަރަޖައިގެ ނޫހަކުން ވަނީ ޔަހޫދުންގެ ބޮޑު ވަޒީރު ނަތަންޔާހޫ ޙަމަލަތައް ހުއްޓާލުމުގެ ބަހަނާގައި މުޅި ޤައުމަށް އޮޅުވާލަމުންދާ ކަމަށް ބުނެފައެވެ. އެ ނޫހުން ނަތަންޔާހޫ ސިފަ ކޮށްފައިވަނީ ފައްކާ ޔަހޫދީއެއްގެ ގޮތުގައެވެ. އަދި ޔަހޫދުންގެ އަސީރުން މިނިވަން ކުރުމުގެ ނިޔަތެއް ނަތަންޔާހޫގެ ކިބައިގައި ނެތްކަމަށް ވެސް ބުނެފައެވެ. ކޯޓު ފަޓުލޫނުގައި ތިބެގެން އެމެރިކާއާއި ޔަހޫދީންނާއި ޢަރަބިން ބާއްވަމުން ގެންދާ ޙަމަލަތައް ހުއްޓާލުމުގެ ވާހަކަތަކަކީ “ފޭކް ނެގޯޝިއޭޝަން” ތަކެއް ކަމަށްވެސް ސިފަ ކޮށްފައެވެ.

މިއަދު ހާރެޓްޒް ނޫހުގައި ޝާއިއުކުރި އެޑިޓޯރިއަލްގެ ސުރުޚީގައި ވަނީ “ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫ އަކީ އޮޅުވާލުމުގެ މަޝްވަރާތަކުގެ އެދުރެއް” ކަމަށެވެ.

ދިހަ މަސް ވެގެން ދާއިރު ޙަމާސްގެ އަތްދަށުވެފައިވާ ޔަހޫދީ އަސީރުންނަކީ ނަތަންޔާހޫ ކުރިއަށް ގެންދާ ބޮޑު ޑްރާމާގެ ސަޕޯޓިން ކެރެކްޓަރުން ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއްފަހަރު އޭނާ، ވާހަކަ ހަމަލަތައް ހުއްޓާލަން ވާހަކަ ދައްކަން ތައްޔާރަށް ހުރި ކަމަށް ބުނެފައި އަނެއް ފަހަރު ޝަރުތައް ހަރުކަށި ކުރާކަމަށް ބުނާ ކަމަށް ކިޔައިދީ، ނަތަންޔާހޫއަށް އެޑިޓޯރިއަލްގައި ފާޑު ކިޔާފައި ވެއެވެ. އެގޮތުން އެމެރިކާގެ ރައީސް ބައިޑެންއާއެކު ދެއްކި ވާހަކަތަކުގައި މިސްރާ ފަލަސްޠީނާ ދެމެދުގެ ސަރަހައްދު ބެލެހެއްޓުމުގައި ލުޔެއް ދޭނެކަމަށް ބުނެފައި އިރުކޮޅަކުން މީޑިއާގައި ލުޔެއް ނުދޭނެ ކަމަށް ނަތަންޔާހޫ ބުނެފައިވާ ކަމަށްވެސް އެޑިޓޯރިއަލްގައި ބުނެފައި ވެއެވެ.

ނަތަންޔާހޫއަކީ ޔަހޫދީއެކެވެ. އެހެންވެ، އޭނާގެ ފުށުން އިޚުލާޞްތެރިކަމާއި ތެދުވެރިކަމަށް އެއްވެސް ފަރާތަކުން އުންމީދު ކުރުމަކީ އަވާމެންދުރެއް ފަދަ ކަމެކެވެ.

ހިއްސާ ކުރައްވާ!