ޣައްޒާ ކޯލާ މަޤްބޫލު ވެއްޖެ

ޣައްޒާ ކޯލާ ޔޫރަޕްގައި، މަޤުބޫލުވާން ފަށައިފިއެވެ. ޔަހޫދީންގެ ކޮންޓްރޯލު އޮންނަ، އެމެރިކާގެ “ޓައިމް” މަޖައްލާ އިން ވަނީ ޣައްޒާ ކޯލާއާ ބެހޭ ގޮތުން ތަފްޞީލީ ރިޕޯޓެއް ޝާއިއުކޮށްފައެވެ. މިއީ ޔަހޫދުންގެ ނަސްލު ނައްތާލުމުގެ ޙަމަލައަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުމާ ދުރުހެލިވުމަށް، ދުނިޔޭގައި ހިނގަމުންދާ އާންމުންގެ މަޤުބޫލު އޮއިވަރުގައި އުފެއްދި އުފެއްދުމެކެވެ.

ސޮފްޓް ޑްރިންކް، ޣައްޒާ ކޯލާ ވަނީ މިމަހުގެ ކުރީކޮޅު އިނގިރޭސި މާކެޓަށް ވަދެފައެވެ. ޓައިމް މެގަޒިންއާ ވާހަކަ ދައްކަވަމުން، ޣައްޒާ ކޯލާ އުފައްދާ، ސަފާދު ފުޑްސް ކޮމްޕެނީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު ކިސްވާނީ ވިދާޅުވީ އޭނާގެ ކުންފުނީގެ ޣައްޒާ ކޯލާ އުފެއްދުމަށް ހީވެސް ނުކުރާހައި ރަނގަޅު ޑިމާންޑެއް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އެ ބްރޭންޑުން ގާތްގަނޑަކަށް 16 މިލިއަން ކޯލާ ދަޅު ވިއްކާފައިވާ ކަމަށެވެ.

ޣައްޒާ ކޯލާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަނީ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނުގެ މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމަށެވެ. މީސްމީޑިއާގެ މަންސަތަކުގައި، ފަންނުވެރިން ވަނީ “ޣައްޒާ ކޯލާ” ގެ ފޮޓޯތައް ހިމަނާފައެވެ.

ހިއްސާ ކުރައްވާ!