ޣައްޒާގެ ހަސްފަތާލުން ތެޔޮ ހުސްވަނީ

ފަލަސްޠީނުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދުންގެ ސަރުކާރުގެ ޢުދުވާނުގެ ސަބަބުން ޣައްޒާއަށް ތެލުގެ ދަތިކަން ކުރިމަތިވެއްޖެއެވެ. ޣައްޒާގެ 2 ހޮސްޕިޓަލެއްގައި ތެލުގެ ދަތިކަން އިޙުސާސް ކުރަން ޖެހިގެން މަސައްކަތް ހުއްޓާލަން ޖެހިއްޖެއެވެ. އިންޑޮނޭޝިއާ ހޮސްޕިޓަލް ތެލަށް ޖެހިފައި އޮތުމުގެ ސަބަބުން ސިއްހީ ހިދުމަތްތައް މުޅިން ހުއްޓުމަކަށް އައިސްފާނެކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު މަރުވާން ސުލްތާން މީޑިއާއަށް މަޢުލޫމާތު ދެއްވާފައި ވެއެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓަކީ އެންމެ ބޮޑު ކެޕޭސިޓީކަމަށްވާއިރު ސީރިއަސް ބަލިމީހުންގެ ސަބަބުން އެތަން ވަނީ ފުރިބާރު ވެފައެވެ. އެތާނގައި ވެންޓިލޭޓަރުގައި 10 މީހުން ބާއްވާފައި ވެއެވެ. އަދި އޮޕަރޭޝަން ރޫމްތައް ވެސް ދަނީ 24 ގަޑިއިރު ހުއްޓުމެއް ނެތި ހިނގަމުންނެވެ. ސުލްތާން ވިދާޅުވިގޮތުގައި އިޒްރޭލުން ތެލުގެ ސަޕްލައިއަށް ހުރަސް އަޅައިފިނަމަ، އެއީ ބަލި މީހުންނަށް މަރުގެ ހުކުމް އިއްވުން ފަދަ ކަމެއް ކަމުގައިވާނެ އެވެ.

ހިއްސާ ކުރައްވާ!