މަސްތުކޮށްގެން އަންހެނުން ރޭޕް ކުރުވި މީހާގެ ޝަރީއަތް ހުއްޓިއްޖެ

މަސްތުގެ ހާލަތުގައި އަންހެނުން ބާއްވައިގެން 20 އަހަރު ދުވަސްވަންދެން އެހެން ފިރިހެނުން ލައްވައި އަނބިމީހާ ރޭޕް ކުރުވި ފިރިމީހާގެ ޝަރީއަތް މަޑު ޖައްސާލަން ގާޒީ ނިންމައިފިއެވެ. ފްރާންސް ސިއްސުވާލި ހާދިސާގައި އުމުރުން 71 އަހަރުގެ ޑޮމިނިކް ޕެލިކޯ ގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އިއްޔެ ގާޒީ ނިންމީ، މުޖުރިމުގެ ބަލިހާލަތާ ހެދިއެވެ. އެންމެ ފަހު އޮތް ޝަރީޢަތުގެ މަޖިލީހަށް ޕެލިކޯ އައިސް އިނީ އަސާ ޖަހައިގެންނެވެ. އަދި ބަނޑުގައި ރިއްސާތީ އުޅޭކަމަށްވެސް ބުންޏެވެ.

ގާޒީ ވަނީ މުޖުރިމު ޑޮކްޓަރަށް ދައްކަން އަމުރުކޮށް، އޭނާ ބަލިން ރަނގަޅު ވުމުން ޝަރީޢަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ޕެލިކޯގެ އަންހެނުން، ގިސެލް ޕެލިކޯ ރޭޕްކޮށްފައިވަނީ، އުމުރުން 24 އަހަރާއި 71 އަހަރާ ދެމެދުގެ 50 މުޖުރިމުން ނެވެ. މި އެންމެން ވެސް މި ދަޢުވާގައި ހިމަނާފައި ވެއެވެ. މިމީހުންގެ ތެރޭން ރޭޕްގެ ތުހުމަރުން ސަލާމަތްވީ އެންމެ މީހެކެވެ. އޭނާއަކީ އަމިއްލަ އަންހެނުންނަށް މަސްތުވާތަކެތި ދީގެން ޕެލިކޯ ލައްވައި ރޭޕް ކުރުވައި، އެ މަންޒަރު ބަލައި ހެދި މީހެކެވެ.

މި ޝަރީޢަތުގައި ތުހުމަތު ކުރެވޭ މުޖުރިމުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، 20 އަހަރުގެ ޖަލު ޙުކުމެއް އަންނާނެ އެވެ.

މި ޝަރީޢަތް ހިނގަމުންދާ ގޮތް ދުރަށް ދެއްކުމަށް ގިސެލް ވަނީ އެދިފައެވެ. އޭނާ ބުނެފައި ވަނީ އޭނާ ބޭނުންވަނީ، މަސްތުކޮށްގެން ރޭޕް ކުރުމާ ދެކޮޅަށް މީހުންގެ މެދުގައި ހޭލުންތެރިކަމެއް އުފައްދާށެވެ. ގިސެލް، މަސްތުކޮށްގެން އޭނާ ރޭޕް ކުރަމުން ދިޔަކަން އެނގުނީ 2020ގައެވެ.

2011ން 2020ށް އަންހެނުން ރޭޕްކުރުވިކަމަށް ޕެލިކޯ ވަނީ ޗަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައެވެ. ޕެލިކޯގެ ޖަރީމާ ބޭޒާރުވީ މޯލްއެއްގައި އަންހެނުންގެ ސްކާޓުތައް ވީޑިއޯ ކުރަމުން ދިއުމުން ލިބުނު ޝަކުވާއަކާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤަކުންނެވެ. އޭނާގެ ގެއިން ފުލުހުން ހޯދައިގަތް ތަކެތީގެ ތެރޭގައި ޕެލިކޯ ކޮންމެ ދުވަހަކު ބަލަހައްޓަމުން ގެންދިޔަ ކަސްޓަމަރުންގެ ނަންތަކާއި ވީޑިއޯތައް ފުލުހުންނަށް ފެނިފައި ވެއެވެ.

މި ދެމަފިރިންގެ އަންހެން ކުއްޖަކު ހުރެއެވެ. 45 ގެ އެ ދަރިފުޅު ބުނެފައިވަނީ އޭނާގެ މުޖުރިމު ބައްޕައަކީ ފްރާންސް ދުށް އެންމެ ނުބައި ނުލަފާ ޖިންސީ ޖަރީމާ ހިންގާފައިވާ މީހާ ކަމަށެވެ. (ފޮޓޯގައި ދެމައިން)

ހިއްސާ ކުރައްވާ!