އިންޑިއާއާ ބެހޭ މައުލޫމާތު ކެނެޑާގެ އިދާރާތަކުން ފާއްދާލުމުން ސަރުކާރުން އެކަމަށް ފާޑު ކިޔައިފިއެވެ. ކެނެޑާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ނަތަލީ ޑްރޫއިން ހާމަކުރި ގޮތުގައި އޭނާގެ އޮފީހުން ލީކްކުރި ނާޒުކު މައުލޫމާތުތައް ލީކްކޮށްފައި ވަނީ ފަސް އައިސްގެ ޖާސޫސީ އިއްތިހާދުގެ ތެރޭގައި ހިމެނޭ ޤައުމުތަކުގެ މެދުގައި، އިންޑިއާގެ ސޫރަ ކިލަނބު ކުރުމަށް ކަމަށް ބެލެވޭ ކަމަށެވެ.
ކެނެޑާއާއި އިންޑިއާގެ ގުޅުން ހީނަރުވެފައި ވަނީ އިންޑިއާގެ މަސްއޫލުވެރިން ޚާލިސްތާނުގެ ޓެރަރިސްޓުންތަކެއް ކެނެޑާގައި ނައްތާލުމުގައި ބައިވެރިވިކަމަށް ކެނެޑާ ސަރުކާރުން ތުހުމަތު ކުރުމުންނެވެ. ދެގައުމުން ވަނީ ޑިޕްލޮމެޓުންވެސް ބޭރުކޮށް ހަދާފައެވެ.
އެއަށްފަހު ކެނެޑާއިން ބުނެފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނުވަތަ އިންޑިއާގެ ހޯމް މިނިސްޓަރު ނުވަތަ ގައުމީ ސަލާމާތާ ބެހޭ މުޝީރު މިއިން ކަމެއްގައި ބައިވެރިވެފައިވާ ކަމުގެ ހެއްކެއް ފެންނާން ނެތް ކަމަށް ބުނެފައެވެ.
އިންޑިއާއިން ބުނަނީ އެގައުމާ މެދު ކޮށްފައިވާ ތުހުމަތަކީ، އަސާސެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި އިންޑިއާގެ ނުފޫޒު ދުނިޔޭގައި ގަދަ ވަމުން ދިއުމާއެކު އެކަމާ ދެކޮޅަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ކެނެޑާއިން ޚާލިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ތާއީދުކުރަމުން ދިއުމާއެކު، މީޑިއާ މެނިޕިއުލޭޓް ކޮށް އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރަނީ ކަމަށް ބުނެފައި ވެއެވެ.
ކެނެޑާއިން އިންޑިއާގެ ޑިޕްލޮމެޓުންނަށް ތުހުމަތު ކުރިނަމަވެސް، އެއްވެސް އެމީހުންނާ ދެކޮޅަށް ލިބިފައި ނުވާއިރު، ކެނެޑާގެ ތެރޭގައި ޚާލިސްތާނީ ޖަމާއަތްތަކުން ހންގާ ހަރަކާތްތަކާ ބެހޭ ގޮތުން ކެނެޑާއިން އަޅާލާފައެއް ނުވެއެވެ.



