ތުރުކީގެ އަންތަލްޔާގައި އތް އދ. ގެ މޫސުމީ ބަދަލުތަކާބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31) ގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަޑު އިންޑިއާއިން އުފުލައިފިއެވެ. ޤައުމީ ފެންވަރުގައި ތެލާއި ހަކަތައިގެ ނިޒާމު ފއެހިކުރުމުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކާ އެކު، އިންޑިއާ މިހާރު ވެގެން ގޮސްފައިވަނީ މޫސުމީ އިންސާފުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީ ސިޔާސަތުތައް ބައްޓަންކުރުމުގައި އެންމެ އިސްކޮށް ޙަރަކާތެ ތެރިވާ އެއް ޤައުމަށެވެ.
މި ސަމިޓުގައި ދައްކާ ވާހަކަތަކުގެ މައިގަނޑު އަސާސަކީ،
- މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާތަކުގެ ޒިންމާ ކުރީޒަމާނުގައި ސިނާޢީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުން އުފުލަންޖެހޭނެ ކަމަށް ބުނާ އުސޫލެވެ.
- ބައިނަލްއަޤުވާމީ މައިދާނުގައި މި އުސޫލު ދަމަހައްޓައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތައް ހޯދައިދިނުމަށް ނިއުދިއްލީއިން ވަނީ ގޮވާލާފައެވެ.
ޕެރިސް އެއްބަސްވުމުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އިންޑިއާއިން ހޯދާފައިވާ ކުރިއެރުންތަކަކީ އެ ޤައުމުގެ މަޤުބޫލުކަން އިތުރަށް ބޮޑުކޮށްދިން ކަމެކެވެ. އެގޮތތުން، ކަނޑައެޅުާފައިވާ މުއްދަތަށްވުރެ މާ އަވަހަށް، އިޔާދަކުރަނވި ހަކަތައިގެ ޤާބިލުކަން އިތުރުކުރުމާއި ތަެލުގެ ބަދަލުގައި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގެ ލަނޑުދަނޑިތައް ވަނީ ޙާޞިލުކުރެވިފައެވެ.
2025-2026 މާލީ އަހަރު އެކަނިވެސް އިންޑިއާއިން ވަނީ 55.3 ގިގަގަވޮޓުގެ އިޔާދަކުރެވޭ ހަކަތަ ނިޒާމުގުތަކާ ގުޅުވާފައެވެ. މިއީ މީގެ ކުރީގެ ރެކޯޑާ އަޅައިބަލާއިރު ދެގުނަ އިތުރުވުމެކެވެ.
ކޮޕް31 ގައި އިންޑިއާއިން އެންމެ ބޮޑު އިސްކަމެއްދެނީ ތިން ކަމަކަށެވެ.
- ފުރަތަމަ ކަމަކަށް، ތަރައްޤީވެފައިވާ ޤައުމުތަކުން ވެފައިވާ މާލީ ވަޢުދުތައް ފުއްދުމަށް ޚާއްޞަ މަސައްކަތު ގުރޫޕެއް އެކުލަވާލުމެވެ.
- ދެވަނަ ކަމަކަށް، ވަގުތީ އެހީތަކުގެ ބަދަލުގައި ދިގު މުއްދަތަކަށް ދެމިގެންދާނެ ޔަޤީންކަން ބޮޑު މާލީ އެހީތެރިކަމުގެ ނިޒާމެއް ޤާއިމުކުރުމެވެ.
- ތިންވަނަ ކަމަކަށް، ބޭރުގެ ޤައުމުތަކުން ނުވަތަ މަތިން ތިރިއަށް އަންގާ އަންގުތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތާއި އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅުނަ ނުދިނުމަށް މަސައްކަތްކުރުމެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭދާ ގެއްލުންތައް ކުޑަކުރުމަށް އިންޑިއާއިން ގެންގުޅާ ސިޔާސަތުތައް ކަމަށްވާ ގަސް އިންދުމާއި، ވިއްސާރައިގެ ކުރިން އިންޒާރުދޭ ނިޒާމުތައް ޤާއިމުކުރުން އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވެފައިވާ ކަމަށް ފާހަގަކުރެއެވެ.






