ޓްރަޕްމް އަވަހާރަކޮށްލަން އުޅެފި

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އައު ހަމަލައެއް ދިންކަމުގައި ވިއަސް ޓްރަމްޕް ވަނީ އޭނާގެ ޢަޒުމު ވަރުގަދަ ކަމަށް ވިދާޅުވެފައެވެ. އެނާގެ ސަލާމަތީކަންކަން ބަލަހައްޓާ ސިއްރު ފުލުހުން ބުނެފައި ވަނީ އެއީ އޭނާ އަވަހާރަކޮށްލުމަށް ދިން ޙަމަލައެއް ކަމަށެވެ. މި ހަމަލަ ދީފައި ވަނީ ފްލޮރިޑާގެ ޕާމްބީޗްގައި ޓްރަމްޕްގެ ގޯލްފް ރިސޯޓު ކައިރީގައެއެވެ.

ޕާމް ބީޗް ކައުންޓީގެ ޕޮލިސް ޗީފް ޝައްކު ކުރެވޭ މީހާ ހައްޔަރުކުރިކަމަށާއި އޭނާއަކީ، އުމުރުން 58 އަހަރުގެ ހަވާއީގެ ރަޔަން ވެސްލީ ރޯތު ކަމަށެވެ.

ސިޔާސީ ފަންތީގެ ފަރާތްތަކުން ވަނީ މި ޙަމަލަ ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!