ޣައްޒާއަށް އެހީވުމަށް ބޭއްވި ޓެލެތޮންގެ ފައިސާ ރަނުން ރަނަށް، ފަލަސްޠީނަށް އެހީދިނުމަށް އދގެ އިދާރާއަށް ފޮނުވާފައިވާ ކަން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.
ރައީސް ޑރ މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ ތެލެތޯންއިން ގާތްގަނޑަކަށް 48 ގަޑިއިރުތެރޭގައި 1,248,826.56ރ ހޯދައިފައި ވެއެވެ. އަމިއްލަ އޮޑިޓްފާމެއް ކަމަށްވާ ކްރޯވ މޯލްޑިވްސް އެލްއެލްޕީން ވެސް ވަނީ މި ލިބުނު އަދަދު ކަށަވަރުކޮށްދީފައެވެ.
ޕީއެސްއެމްއިން، އިސްނަގައިގެން، “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި ޖޫން މަހު ބޭއްވި ޓެލެތޯން އިން ލިބުނު ފައިސާ އދގެ އުންރްވާއަށް ޖަމާކޮށްދީފައިވާ ކަމާއި އެ ފައިސާ އެމްއެމްއޭއިން ފޮނުވި ކަމުގެ ލިޔުންތަކާއެކު މީޑިއާއަށް އާންމުކޮށް ދީފައި ވަނީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
އެފައިސާ ޖަމާކޮށްދީފައި ވަނީ، 2024 އޯގަސްޓް 20 ވަނަ ދުވަހު އެވެ.