އެމެރިކާއާއި ޗައިނާއިން މިޔަންމާގައި އަމިއްލަ މަސްލަހަތަށް އިސްކަންދޭ

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ޖޭ ބްލިންކެން ވަނީ މިޔަންމާއަށް ސުލްހަވެރި، ހުރިހާ އެންމެން ހިމެނޭ ޑިމޮކްރެޓިކް މުސްތަގުބަލެއް އުފެއްދުމަށް އެމެރިކާއިން ކުރާ ވައުދުތަކަށް އަލިއަޅުވާލައްވާފައެވެ. ހަމައެއާއެކު، މިޔަންމާ ފަދަ ސަރަހައްދީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި، ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް ވަނީ، އެމެރިކާ ބައިވއރިވެގެން އޭޝިއާއަށް ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތައް ވައްދާ ބޭރުގެ ބާރުތަކަށް އިންޒާރު ދެއްވާފައެވެ.

ޗައިނާއިން ދަނީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ބޭރުގެ ފަރާތްތަކަށް ތަކުރާރުކޮށް ވަކާލާތު ކުރަމުންނެވެ. ނަމަވެސް މިޔަންމާގައި ޗައިނާގެ އަމަލުތަކުން ދޭހަވަނީ ބެއިޖިންގެ އިގްތިސާދީ އަދި ސަލާމަތީ މަސްލަހަތު ރައްކާތެރިކުރުމަށް ތަފާތު ސްޓްރެޓެޖިކް އުސޫލެއް ގެންގުޅޭ ހެންނެވެ.

އެމެރިކާއާއި ޗައިނާގެ ސިޔާސަތުތަކުންވެސް މިޔަންމާގެ އަސްކަރީ ހާލަތަށް އަސަރުކޮށްފައިވަނީ ދާޚިލީ ހަނގުރާމަ ފެށުނު ފަހުންނެވެ.

2021 ވަނަ އަހަރުގެ ބަޣާވާތަށް ފަހު އެމެރިކާއިން މިޔަންމާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. އަދި ތަޓްމަޑޯ (މިޔަންމާގެ އަސްކަރިއްޔާ) ގެ ވަސީލަތްތައް ހޯދުމުގެ ގާބިލްކަން ވަރަށް ބޮޑަށް ހަނިކޮށްލިއެވެ.

2022 ވަނަ އަހަރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިޔަންމާޢާ ދެކޮޅަށް ނޭޝަނަލް ޑިފެންސް އޮތޯރިޒޭޝަން އެކްޓް ފާސްކޮށްފަ އެވެ.

މިޔަންމާގެ ބަޣީންނަށް އެމެރިކާއިން ދެ ހާލަތުގައި ބޭނުން ކުރެވޭ އިކުއިޕްމަންޓް ފޯރުކޮށްދިންކަން އަންގައިދޭ ކަން އާންމުކޮށް ޔަގީންވާ މައުލޫމާތެއް ނެތް ނަމަވެސް، އެމެރިކާގެ ޑިޕްލޮމެޓިކް މަސައްކަތާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސިފައިންގެ ސަރަހައްދީ ކޮންޓްރޯލް ވަނީ ބަލިކަށިވެފައެވެ. އެމެރިކާއިން ރާކީންގެ ނަސްލީ ލަޝްކަރުތަކަށް މިފަދަ ސާމާނު ފޯރުކޮށްދޭ ކަމަށް ޗައިނާއިން އާންމުކޮށް ތުހުމަތުކުރެއެވެ.

މިޔާންމާގެ ސިފައިންނަށް ވަނީ އަސްކަރީ ގޮތުން ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވެފައެވެ. އަދި އެކި ސަރަހައްދުތަކުގެ ކޮންޓްރޯލް ގެއްލިފައެވެ.

2025 ވަނަ އަހަރުގެ އިންތިޚާބަށް ތާއީދުކުރާ ގޮތަށް ޗައިނާއިން ދާދިފަހުން މިޔަންމާގެ ސިފައިންނަށް އެއްބާރުލުން ދިނުމުގެ މަގުސަދަކީ މިޔަންމާރުގެ ހާލަތު ހަމައަކަށް އެޅުވުމާއި އެމެރިކާގެ ނުފޫޒު ކުޑަ ކުރުމެވެ.

އެމެރިކާއާއި ޗައިނާއިން މިޔަންމާގައި ވަކި ސްޓްރެޓެޖީތަކެއް ގެންގުޅެމުންދާއިރު، ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަމުންދަނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެމީހުންގެ މަސްލަހަތު ކުރިއަށް ނެރޭށެވެ.

ހިއްސާ ކުރައްވާ!