ޕާކިސްތާނުގައި މަސައްކަތްކުރާ ޗައިނާގެ އެތައް ހާސް ރައްޔިތުންނެއް ހިމާޔަތް ކުރުމުގެ ހުއްދަ ޗައިނާގެ ސަލާމަތީ ފަރާތްތަކަށް ޕާކިސްތާނުން ދީފި ކަމަށް މީޑިއާ އިން ރިޕޯޓުކޮށްފައި ވެއެވެ.
މިދިޔަ މަހު ކަރާޗީ އެއާޕޯޓޫ ކައިރީގައި ދިން ބޮމުގެ ހަމަލާގައި ޗައިނާގެ ދެ އިންޖިނިއަރުން މަރުވެފައިވާއިރު، މިއީ ބެއިޖިންގެ މަސްލަހަތުތަކަށް އަމާޒުކޮށްގެން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ބައެކެވެ.
މިފަދަ ހަމަލާތައް ހުއްޓުވުމަށް އިސްލާމްއާބާދުން މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް ޓެރަރިޒަމްގެ ހަމަލަތައް އެކި ހިސާބުގައި އާންމުވެފައި އޮތުމުން ޕާކިސްތާނަށް ވަނީ ޗައިނާއާ ގުޅިގެން ޖޮއިންޓް ސެކިއުރިޓީ މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކުރުމަށް މަޖުބޫރު ވެފައެވެ.
ޕާކިސްތާނުގެ ސަލާމަތީ އަދި ސަރުކާރުގެ ފަސް އޮފިޝަލުންނާ ހަވާލާދީ ނޫސްވެރިން ހާމަކުރި ގޮތުގައި ޕާކިސްތާނުގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ޗައިނާގެ ސަލާމަތީ ބާރުތައް ބޭނުން ކުރުމަށް ހުށަހެޅި ހުށަހެޅުން އެފަރާތްތަކަށް ފެނިފައި ވެއެވެ.
އެހެން ފަރާތަކުން ބުނެފައި ވަނީ ޕާކިސްތާނުގެ ފަސްގަނޑުގައި ޗައިނާގެ ސަލާމަތީ ފަރާތްތަކުން އޮޕަރޭޓު ކުރުމަށް ހުއްދަ ދިނުމަށް އަދި އެއްބަސް ނުވާކަމަށެވެ.
މި މަޝްވަރާތައް ބެއިޖިން އިން ވެސް އަދި އިސްލާމްއާބާދުން ވެސް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

