ޕާކިސްތާންގެ މުލްތާންގެ ނިޝްތާރު ހޮސްޕިޓަލަށް އަނެއްކާވެސް ޖިނާއީ އިހުމާލުގެ މައްސަލައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މީގެ 2 އަހަރު ކުރިން އެ ހަސްފަތާލުގެ ފުރާޅުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ކުނިވާން ދޫކޮށްލި މައްސަލައެއް ފެންމަތިވި އެވެ.
އަނެއްކާވެސް ޕަންޖާބުގެ ދެކުނުގެ އެންމެ ބޮޑު ޕަބްލިކް ހޮސްޕިޓަލަށް މުސީބާތެއް ކުރިމަތިވެއްޖެ އެވެ.
މިހަސްފަތާލަށް ތުހުމަތު ކުރެވެނީ، އެޗްއައިވީ/އެއިޑްސް ޖެހިފައިވާ މީހަކު މަރުވި އިރު އެމީހާ ޑައެލިސިސް ހެދުމުގެ ތެރޭގައި އިތުރު 30 މީހަކަށް އޭނާގެ ފުށުން އެޗްއައިވީ ޖެހުނު ކަމަށެވެ.
ޕަންޖާބު ސަރުކާރުގެ ފެކްޓް ފައިންޑިން ކޮމިޓީއަކުން ހާމަކޮށްފައިވާ ގޮތުގައި އެޗްއައިވީ/އެއިޑްސް ބަލިމީހުންނަށް ހާއްސަކޮށް ފައިވާ ޑައިލިސިސް މެޝިންތައް އެހެން މީހުންނަށް ބޭނުންކޮށްފައި ވަނީ ރަނގަޅަށް ސްޓިރިލައިޒް ނުކޮށެވެ. އަދި ޑައިލިސިސް ބަލިމީހުންނަށް ކޮންމެހެން ކުރަން ޖެހޭ ޓެސްޓްތައް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވސް ކޮށްފައިވާ ކަމަށާއި މެޑިކަލް ރެކޯޑްތަކަށް އިހުމާލުވާ ކަންވެސް ފާހަގަވެފައި ވެއެވެ.
ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓްރޯލް ކޮމިޓީ ބައްދަލު ނުކުރާތާ މަސްތަކެއް ވެފައިވާކަން ވެސް ތަހުގީގުގައި ފާހަގަކޮށްފައިވެ އެވެ.
ޕާކިސްތާނުގައި ދަނީ އެޗްއައިވީގެ މައްސަލަތައް އިތުރުވަމުންނެވެ.
ޕާކިސްތާނަކީ އެޗްއައިވީގެ އާ ކޭސްތަކުގެ ތެރެއިން އޭޝިއާ ޕެސިފިކްގެ ދެވަނައިގަ އެވެ.