އަސަދަށްފަހު ޗައިނާގެ މެދުއިރުމަތީގެ ސިޔާސަތު ހަލަބޮލިވެއްޖެ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ކުއްލިއަކަށް މޮސްކޯއަށް ވަޑައިގަތުމުން މެދުއިރުމަތީގައި ޗައިނާގެ ނުފޫޒަށް ބުރޫއަރާފައިވެ އެވެ. ފާއިތުވި ދެ އަހަރު ތެރޭގައި ޗައިނާއިން ވަނީ ސްޓްރެޓެޖިކް ޕާޓްނަޝިޕްތަކާއި އިގްތިސާދީ އެއްބާރުލުމާއި ޑިޕްލޮމެޓިކް މީޑިއޭޝަންގެ ތެރެއިން ސީރިއާ އާއި އީރާނާ އެކު ގުޅުން ފުޅާކޮށްފަ އެވެ.

ޗައިނާގެ އެންގޭޖްމަންޓްގެ ތެރޭގައި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސީރިއާ އަލުން ބިނާކުރުމުގައި އެހީތެރިވުން ހިމެނެއެވެ. އަދި ބްރިކްސް އާއި ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން އަށް އީރާނުން ވަނުމަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ. އޭގެ އިތުރުން ސައުދީ އާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމާއި ފަލަސްތީނުގެ އެއްބައިވަންތަކަމުގެ މަސައްކަތްތާއެކު ސަރަހައްދީ މުހިއްމު އެއްބަސްވުންތަކެއް ވެސް ޗައިނާއިން ވަނީ އެކުލަވާލުމަށް މެދުވެރިއެއްގެ ބައި އަދާކޮށްފަ އެވެ.

ނަމަވެސް އަސަދު މަސްރަހުގައި ނެތުމަކީ ޗައިނާގެ މުހިންމު ސަރަހައްދީ އެކުވެރިން ކަމަށްވާ ރަޝިޔާ އާއި އީރާން ބަލިކަށިވުމުގެ އިޝާރާތެކެވެ. އެހެންވެ، ދެން ބެއިޖިން އިން ގެންގުޅޭނެ ސްޓްރެޓެޖީއާ މެދު ސުވާލު އުފެދެ އެވެ.

އީރާނާއި  އެމެރިކާއާ ދެކޮޅަށް މަސައްކަތް ކުރާ “އެކްސިސް އޮފް ރެސިސްޓެންސް” އަށް ޗައިނާއިން ދޭ ތާއީދު ދެގުނައަށް ދަށްވާނެތޯ ނުވަތަ ބަދަލެއް ގެންނާނީ ކަމެއް އަދި ސާފެއް ނުވެއެވެ.

ހިއްސާ ކުރައްވާ!