އިންޑިއާއިން ތެލާއި ކޯލާ ދެލި ފިޔަވައި އެހެން އިއާދަ ކުރަނިވި ބާވަތްތަކުން އުފައްދާ ކަރަންޓު 217.62 ގިގަވަޓަށް އަރާފައިވާ ކަމަށް ބުނެއެވެ. އިންޑިއާއިން ބުނަނީ މި ކުރިއެރުން ލިބިފައި ވަނީ، ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ފަހި ސިޔާސަތެއް ގެންގުޅުމާއި އެދާއިރާގައި އިންވެސްޓްމަންޓް އިތުރުވުމާއި، އައު ޓެކްނޮލޮޖީތަކަށް ފޯކަސް ކުރުމުގެ ސަބަބުންނެވެ.
އިންޑިއާ އޮތީ އިއާދަކުރަނިވި ހަކަތައަށް ކަނޑައަޅާފައިވާ މައިގަޑު އަމާޒުތައް ހާސިލްކޮށް، ސާފު ހަކަތައަށް ބަދަލުވުމުގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ކަމަށް އިންޑިއާއިން ބުނެއެވެ.
2024 ވަނަ އަހަރު ސޯލާ އަދި ވިންޑް އެނާޖީ އިންސްޓޯލްކުރުމާއި، އެކަންކަމާ ގުޅޭ ސިޔާސަތުތައް ކުރިއެރުވުމާއި، އިންފްރާސްޓްރަކްޗަރ އިސްލާހު ކުރުމަށް ކޮށްފައިވާ މަސައްކަތުން ބޮޑެތި ކުރިއެރުންތައް ހޯދައިފާވާ ކަމަށް ބުނެއެވެ. އަދި، 2025 ވަނަ އިތުރު އަމާޒުތަކަކަށް ދިއުމަށް ފަހިވާނެ ކަމަށް ބުނެއެވެ.
އިންޑިއާއިން ވަނީ، 2030 ވަނަ އަހަރުގެ ނިޔަލަށް 500 ގިގަވަޓްގެ ނޮން ފޮސިލް ފިއުލް އެނާޖީ ކެޕޭސިޓީ ހާސިލް ކުރުމަށް ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ.
އިންޑިއާއިން 2024 ވަނަ އަހަރުގެ ސޯލާ ކެޕާސިޓީއަކީ 24.5 ގިގަވަޓްއެވެ. އަދި ވައިން ހަކަތަ އުފެއްދުމުގެ ކެޕާސިޓީއަކީ 3.4 ގިގަވަޓް އެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ދެގިނަ އިތުރު އަދަދެކެވެ. އަދި ވައިން ހަކަތަ އުފެއްދުމުގެ 21 ޕަސެނޓް އިތުރު އަދަދެއް ކަމަށް އިންޑިއާއިން ބުނެއެވެ.


