އިންޑިއާގެ ސެމީކޮންޑަކްޓަރ ތަރައްގީއަށް ޗައިނާގެ ހުރަސްތައް

ހުޅަނގުގެ ހުރަސްތަކާ އެކު ވެސް ޗައިނާއިން ސެމީކޮންޑަކްޓަރ ރޭހުގައި ކުރިއަށް ދާއިރު، އިންޑިއާ އިން ސެމީކޮންޑަކްޓަރ އިކޯސިސްޓަމް ބިނާކުރުމަށް ކުރާ ނާޒުކު މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަނީ ޗައިނާއިންނެވެ.

ޗައިނާގެ ސްޓްރެޓެޖީގައި އަމާޒުކޮށްފައި ވަނީ ނުސީދާ ގޮތަކަށް އިންޑިއާއަށް ހުރަސްތައް ކުރިމަތިވާ ގޮތަށެވެ. އެއީ ހުނަރުތައް ލިބި ނުދިނުމަށް ޗައިނާއިން އެފަދަ ފަރާތްތައް ގެންދިއުމާއި މުހިންމު ޓެކްނޮލޮޖީތައް ހޯދުމަށް ހުރަސް އެޅުމާއި، ނާދިރު މައުދަންތައް ކޮންޓްރޯލް ކުރުމެވެ.

އޭގެ މިސާލަކީ، ލިތޮގްރަފީ މެޝިންތަކަށް ބޭނުންވާ ލެންސް އުފައްދާ ހަމައެކަނި ކުންފުނި ޒައިސް ގެ މުވައްޒަފުން ޗައިނާއިން ގަނެލާ ކަމެވެ. ޗައިނާއިން ބޭނުން  ވަނީ ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނުސީދާ ގޮތަކަށް ފަހަނައަޅައި ދާށެވެ.

އިންޑިއާ އިން ވަނީ ޒަމާންތަކެއް ވަންދެން އަޅާ ނުލައި ދޫކޮށްފައި އޮތް ސެމީކޮންޑަކްޓަރ އިންޑަސްޓްރީއެއް އަލުން ކޮއްޅަށް ޖަހަން މަސައްކަތް ފަށާފައެވެ. އިންޑިއާއިން ފޯކަސް ކުރަނީ 28-90 ނެނޯމީޓަރުގެ ޗިޕްތައް އުފައްދާށެވެ.

ޗައިނާއަށް އިންޑިއާއަށް ހުރަސްތައް ކުރިމަތި ކުރެވޭނީ، ކުންފުނިތައް ގަތުމުންނާއި، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުންނާއި އީޖާދީ ކަންކަމަށް ހުރަސް އެޅުމުންނެވެ.

ހިއްސާ ކުރައްވާ!