އެމްޓީސީސީގެ ވިޔަފާރިއަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިއްޖެ

އެމްޓީސީސީގެ ވިޔަފާރިއަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބި، 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ކުންފުނީގެ ފައިދާ ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި 177.55 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނުކަނޑާ ސާފު ފައިދާގެ ގޮތުގައި 165.20 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު 16 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ގުނައިގެ އިތުރުވުމެކެވެ.

އެމްޓީސީސީގެ ހިންގުން ހަރުދނާކޮށް، މަގްސަދުތައް ހާސިލުކުރުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާނެ ކަމުގައި އެކުންފުނިން ވަނީ ބުނެފައވެ.

މީގެއިތުރުން، ކުންފުނިން ހާމަކުރި ގޮތުގައި މި މުއްދަތުގައި 189 މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސް، އޭގެތެރެއިން 9 މަޝްރޫޢު ވަނީ ފުރިހަމަކޮށްފައެވެ. އަދި ނ. އަތޮޅުގައި އާރްޓީއެލް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!