މަޤްޕޫން ދާސް އެސްއީޒެޑް މަޝްރޫޢާ ގުޅިގެން ގިލްގިޓް-ބަލްޓިސްތާނުގައި މުޒާހަރާތައް

ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯ (ސީޕެކް) ގެ ބައެއް ކަމަށްވާ މަގްޕޫން ޑާސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަސައްކަތް އިސްލާމްއާބާދު ކުރިއަށް ގެންދާއިރު، ޕާކިސްތާނުގެ ދަށުގައިވާ ގިލްގިޓް ބާލްޓިސްތާނަށް މައްސަލަތައް އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ އިގްތިސާދީ ދަތިތަކާއި ޗައިނާގެ އިންވެސްޓްމަންޓް ޝައުގުވެރިކަން ކުޑަވުމުން 2015 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާ މި މަޝްރޫއުގެ އަމާޒަކީ 500 އަކަމީޓަރުގެ އަގުހުރި ފަރުބަދައިގެ ސަރަހައްދު ބޭނުންކުރުމެވެ. 2018 ވަނަ އަހަރު އެސްއީޒެޑް ގެ ތެރޭގައި ތޮކް ދާސް އާއި މަޤްޕޫން ދާސްގެ އަވަށްތައް ހިމެނުމުން އެކަން ހުއްޓުވުމަށް ރައްޔިތުން ވަނީ މުޒާހަރާތައް ކޮށްފައެވެ.

ޗައިނާގެ މީހުންނާއި ސިފއިން ގިލްގިޓްބޯލްޓިސްތާންގައި އިތުރުވުމާއި، އަސްކަރީ ޗެކްޕޮއިންޓްތަކާއި، ޕަންޖާބާއި ޚައިބަރު ޕަޚްތުންޚްވާގެ މީހުން އައުމުން އެމީހުންނަށް ވަޒީފާ ގެއްލިދާނެތީ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.

އަދި އެހިސާބުގެ ބިންގަނޑު ކޮނުން ފަދަ މަސައްކަތްތައް ކުރުމުން އިކޯލޮޖިކަލް ގެއްލުންތައް ކުރިމަތިވާ ކަމަށްބުނެ  އެކަމަށްވެސް އިންޒާރު ދީފައި ވެއެވެ.

ޝީއީންގެ އަޣުލަބިއްޔަތު އޮންނަ މި ސަރަހައްދުން ބުނަނީ އާބާދީ ބަދަލުކޮށް ލުމަށް ސިފައިން ދަނީ ސުންނީންނަށް އިސްކަން ދެމުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް