އިޓަލީގެ ޕީސާ ޓީމުގެ ކޯޗު ފިލިޕޯ އިންޒާގީ ވަނީ އިއްޔެ ޣައްޒާގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކޮށްފަ އެވެ.
އިޓަލީ ލީގަށް ޕްރޮމޯޓްވުމުގެ އުފާފާޅުކުރުމުގެ ގޮތުން އިންޒާގީ އާއި ޕީސާގެ ގިނަ އަދަދެއްގެ ކުޅުންތެރިން ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ޕީސާއިން ސެރީއީއަށް ޕްރޮމޯޓްވުން ފާހަގަކުރީ ބޮޑު ޕެރޭޑަކުން ނެވެ. އެ ޓީމުން ވަނީ އެތައް ހާސް ކްލަބް ސަޕޯޓަރުންނާއެކު މަތި ހުޅުވާފައި އޮތް ބަހެއްގައި ސިޓީގެ މަގުތަކުގައި ޕެރޭޑްކޮށްފަ އެވެ.
އިޓަލީގެ ވެބްސައިޓް "ލިބެރޯ ކުއޮޓިޑިއާނޯ" އިން ފާހަގަކޮށްފައިވާ ގޮތުގައި ޕީސާގެ ސަޕޯޓަރުންނަކީ އަބަދުވެސް ސިޔާސީ ގޮތުން ފަލަސްތީނަށް މެދުނުކެނޑި ތާއީދުކުރާ ބައެކެވެ.
ޕީސާ ސްޓޭޑިއަމްގެ ސައުތު ސްޓޭންޑަކީ ފަލަސްތީނުގެ މައްސަލައަށް އަބަދުވެސް ހަމްދަރުދީ ފާޅުކުރާ ތަނެކެވެ.






