އީރާން އޮތީ އަންގާރަ ދުވަހު ކުއާޓާ ފައިނަލުގައި ޗައިނީސް ޓައިޕޭ އަތުން މޮޅުވެ ތިން ވަނަ އޭއެފްސީ ވިމެންސް ފުޓްސަލް އޭޝިއަން ކަޕް ޗެމްޕިއަންކަން ހޯދުމުގެ މަގުމަތީގަ އެވެ.
ހޯހޮޓް ސްޕޯޓްސް ސެންޓަރުގައި މެޗް ކާމިޔާބު ކުރީ 3-1 އިން މޮޅުވެގެންނެވެ.
ސެންޓްރަލް އޭޝިއާ ޓީމުން މި ކުރިއެރުން ހޯދީ ކުޅެން ފެށިތާ ދެމިނެޓް ތެރޭގައި، ގޯލް އޭރިއާ ތެރެއިން ކީޕަރު ޗޫ ފަންގް-ޔީ ފައުލް ކުރުމުން މާރަލް ތޯކާމަން އަށް ޕެނަލްޓީ ޖަހައި މުބާރާތުގެ ދެވަނަ ގޯލު ޖހަން ފުރުސަތު ލިބިގންނެވެ.
އެކަމަކު ޗައިނީސް ޓައިޕޭ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 18 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.
ރެގިއުލޭޝަން ޓައިމް ނިމުނުއިރު މެޗު 1-1 އިން އޮތީ އެއްވަރު ވެފައެވެ. ފަހުން އިތުރު ވަގުތުގައި ފަރިޝްތާ ޚުސްރަވީއާއި ފަރުޒާނާ ތަވައްސުލީ ވަނީ ގޯލު ޖަހައި ޖުމްލަ 14 މެޗުން 13 މޮޅު ހޯދައި ދީފަ އެވެ.
ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހު ޖަޕާނާ ދެކޮޅަށް ނުކުންނާނީ އީރާނެވެ.






