މިއަދު ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގައި މިއަދު ކުޅޭ އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ޓީމަށް ހިތްވަރު ދެއްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މުޅި ޤައުމު މިއޮތީ ޒުވާން ޓީމާއެކު. ޤައުމީ ލޯތްބާއެކު،" ގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ޓީމުގެ ހިތްވަރަށް ސާބަސް ދެއްވައި ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފައެވެ.
"ތިޔަ ކުރާ ހިތްވަރަށް ސާބަސްދީ، ފުރިހަމަ ކާމިޔާބީއަށް އެދެން." ރައިސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. 






