އަބޫ ޢަބްދުالله މުޙައްމަދު އިބްނު އިދްރީސް އަލްޝާފީޢީ، އަކީ، 767 އިން 820 އަށް ދިރިއުޅުއްވި އޭނާގެ ޒަމާނުގެ އެންމެ މުހިންމު ޢިލްމު ވެރިންގެ ތެރޭން ބޭފުޅެކެވެ. އިމާމް ޝާފިޢީއަކީ، ސުންނީ މުސްލިމުންގެ އެންމެ އިސް 4 އިމާމުންގެ ތެރެއިން އެއް އިމާމްއެވެ. އަދި އެކަލޭގެފާނަކީ، އިސްލާމީ ފިޤުހުގެ މަޒުހަބެއް ކަމަށްވާ ޝާފިޢީ މަޒުހަބުގެ ބާނީއެވެ.
އިމާމް ޝަފީޢީ އަކީ ޤުރައިޝް ވަންހައިގެ ބޭފުޅެކެވެ. ފަލަސްތީނުގެ ޣައްޒާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެވެ. އަދި އުފަންވެ ވަޑައިގަތީވެސް ޣައްޒާއަށެވެ. ނަމަވެސް ޅަފަތުގެ ބޮޑު ބައެއް ހޭދަކުރެއްވީ މައްކާގައެވެ. ޒުވާން އުމުރުގައި ޤުރުއާން ހިތުދަސްކުރެއްވި އެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ ތޫނުފިލިކަމާއި ހިތް އަލި ކަމަށވެ.
އޭނާގެ ޒަމާނުގެ ފާހަގަކޮށްލެވޭ ގިނަ ޢިލްމުވެރިންގެ އަރިހުން ދީނީ ޢިލްމު އުނގެނި ވަޑައިގަތެވެ. މަދީނާގައި އިމާމް މާލިކް އަރިހުން ދަރިވަރުވެ ވަޑައިގަތެވެ. އަދި އެހެން ހިސާބުތަކަށްވެސް ދުރު ދަތުރުތައް ކުރައްވައި ޢިލްމު ހޯއްދެވިއެވެ.
އިމާމް ޝާފިޢީ އަކީ އިސްލާމީ ފިޤުހު ތަރައްޤީ ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވައި ގިނަ ފޮތްތައް ލިޔުއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި އައްރިސާލާއާއި ކިތާބުލް އުންމު ހިމެނެއެވެ.
އިމާމް ޝާފިޢީ އަކީ އެންމެ ފުރަތަމަ އުޞޫލު ފިޤުހުގެ ނަޒަރިއްޔާތު ލިޔުއްވި އިމާމެވެ. އެކަލޭގެފާނުގެ އައްރިސާލާއަކީ، އުޞޫލުލްފިޤުހުގެ އެންމެ ފުރަތަމަ ފޮތެވެ.
ނިޔަނެތި، ތަޤްވާވެރި ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ވެވަޑައިގަތް އިމާމް ޝާފިޢީ ވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޢުމުރުފުޅުގެ ފަހުގެ އަހަރުތައް ހޭދަ ކުރެއްވީ މިޞްރުގައެވެ. މީލާދީން 820 ވަނަ އަހަރު އަވަހާރަ ވުމާހަމައަށް ކިޔަވައިދެއްވުމާއި ފޮތް ތައުލީފް ކުރެއްވުމުގައި އުޅުއްވިއެވެ.
އިމާމް ޝާފިޢީ ބަޣުދާދުގައި އުޅުއްވުމަށްފަހު، މިސްރަށް ބަދަލުވެ ވަޑައިގަތީ އެއިރުގެ ޚަލީފާ، އަލްމައުމޫނުގެ ނޭދެވޭ ފިކުރުތަކުންނެވެ.
އިމާމް ޝާފިޢީގެ ޙަޔާތްޕުޅުގައި ވެރިކަން ކުރެއްވި އައްބާސީ ޚަލީފާއިންނަކީ: އަލްމަންސޫރު، އަލްމަހްދީ، އަލްހާދީ، ހާރޫނުއްރަޝީދު، އަލްއަމީން، އަދި އަލްމައުމޫން އެވެ.







