ސްޕެއިންގެ ކުރީގެ ސްޓްރައިކަރ ރައުލް ގޮންޒާލެޒް ވަނީ ރިއަލް މެޑްރިޑްގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ. ޓްރާންސްފަރ މާކެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރައުލް ވަނީ ރިއަލް މެޑްރިޑްގެ ޖާޒީގައި އެކި މުބާރާތްތަކުގައި ޖުމްލަ 741 މެޗު ކުޅެފައެވެ.
މިހާރު 47 އަހަރުގެ އުމުރުގައި ހުރި ރައުލްއަކީ ރިއަލް މެޑްރިޑްގެ ޖާޒީގައި 700 އަށްވުރެ ގިނަ މެޗު ކުޅުނު 3 ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އެންމެ ގިނަ މެޗު ކުޅުނު 10 ކުޅުންތެރިންގެ ލިސްޓުގައި 8 ސްޕެއިން ކުޅުންތެރިން ހިމެނޭއިރު، އެހެން ގައުމުތަކުގެ 2 ކުޅުންތެރިން ހިމެނެއެވެ.
ބޭރު ގައުމެއްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައިވަނީ ފްރާންސްގެ ކުރީގެ ސްޓްރައިކަރ ކަރީމް ބެންޒީމާއެވެ. ރިއަލް މެޑްރިޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ބެންޒީމާ ވަނީ 648 މެޗު ކުޅެ، މުޅި ލިސްޓުގެ 5 ވަނައިގައި ހިމެނިފައެވެ.
ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ވަނީ 590 މެޗާއެކު 9 ވަނައިގައި ހިމެނިފައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ފިފާ ކްލަބް ވޯލްޑް ކަޕްގައި ރިއަލް މެޑްރިޑް ފައިނަލަށް ދިއުމާއެކު މޮޑްރިޗް ހުރިހާ މެޗެއްގައި ކުޅެފިނަމަ، އޭނާއަށް 8 ވަނައަށް އަރައި، ސްޕެއިންގެ ޕާކޯ ޖެންޓޯ ފަހަނައަޅައި ދެވިދާނެއެވެ.
ރިއަލް މެޑްރިޑްގެ ތާރީޚުގައޚުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ (450 ގޯލު) ވަނީ 2009 އިން 2018 އަށް ރިއަލް މެޑްރިޑްގައި ހޭދަކުރި މުއްދަތުގައި 438 މެޗު ކުޅެފައެވެ. ނަމަވެސް އޭނާ އެންމެ ގިނަ މެޗު ކުޅުނު 10 ކުޅުންތެރިންގެ ތެރޭގައި ނުހިމެނެއެވެ.





