އާސެނަލް އަންހެނުންގެ ޓީމް ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފި

އިނގިރޭސި ކްލަބް އާސެނަލްގެ އަންހެނުންގެ ޓީމުން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސްޕެއިންގެ ބާސެލޯނާ އަށް ވަނީ ޝޮކެއް ދީފައެވެ. އިއްޔެ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކުޅުނު މި މެޗުން އާސެނަލް ވަނީ 1-0 ގެ ނަތީޖާއަކުން މިދިޔަ އަހަރުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފައެވެ.

މި ކާމިޔާބީ ހޯދުމުގައި އާސެނަލްގެ ކޯޗު ރެނީ ސްލީގާސްގެ ދެ ހަފްތާގެ ތެރޭގައި އެކުލަވާލި ރޭވުންތެރި ޕްލޭން ވަރަށް ބޮޑު ދައުރެއް އަދާކުރިކަމަށް ސްޕެއިންގެ "މުންދޯ ދެޕޯޓީވޯ" ނޫހުން ވަނީ ފާހަގަކޮށްފައެވެ.

އާސެނަލްގެ ކުޅުންތެރިޔާ މެރިއޯނާ ކަލްދެންޓީ ވަނީ ބާސެލޯނާ ބަލިކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ޓީމުގައި ހުރިކަމަށް ބުނެފައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޯޅަ ގެންގުޅެން ލޯބިކުރޭ. އެކަމަކު އެހެން ގޮތްގޮތަށް ކުޅެން ވެސް ތައްޔާރަށް މި ތިބެނީ. އަޅުގަނޑުމެންގެ ޓީމުގައި ޔޫރޯ ކަޕާއި ވޯލްޑް ކަޕްގެ ފައިނަލްތައް ކުޅެފައިވާ ކުޅުންތެރިން އެބަތިބި. އަޅުގަނޑުމެން ނިންމަން ވަގުތަށް ފަރުވާތެރިވަން. 5 މިނެޓުން މެޗެއް ބަދަލު ކުރެވިދާނެ،" ކަލްދެންޓީ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނެފައިވެއެވެ.

އާސެނަލްގެ ކާމިޔާބީގެ ފަހަތުގައިވާ 5 މައިގަނޑު ސަބަބެއް "މުންދޯ ދެޕޯޓީވޯ" އިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބާސެލޯނާގެ މިޑްފީލްޑްގެ ތިން ކުޅުންތެރިންނަށް ފަސޭހައިން ބޯޅަ ނުލިބޭގޮތަށް ޖާގަތައް ބަންދުކުރުމާއި، ގުޅިގެން ދިފާޢުކުރުން ހިމެނެއެވެ. މީގެ އިތުރުން ބާސެލޯނާގެ މުހިންމު ކުޅުންތެރިންނަށް ދެ ކުޅުންތެރިން ލައްވައި މާކު ކޮށްގެން ކުޅުން ވެސް ހިމެނެއެވެ.

މި ކާމިޔާބީއާއެކު އާސެނަލްގެ އަންހެނުންގެ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.ADV

ހިއްސާ ކުރައްވާ!