މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގާޑިއޯލާ ކުރީގެ އިނގިރޭސި ކުޅުންތެރިޔާ އަދި މަޝްހޫރު ޕްރެޒެންޓަރު ގެރީ ލިނިކަރަށް ވަދާޢީ މެސެޖެއް ދީފިއެވެ. މިއީ ލިނިކަރު 26 އަހަރު ވަންދެން ހުށަހަޅަމުން އައި ބީބީސީގެ މެޗް އޮފް ދަ ޑޭ ޕްރޮގްރާމުގެ އެންމެ ފަހު އެޕިސޯޑުގައެވެ.
ގާޑިއޯލާ ބުނި ގޮތުގައި އޭނާ ލިނިކަރުގެ ޕްރޮގްރާމަށް ވަރަށް ގަޔާވާ ކަމަށާއި، އޭނާއަކީ ޕްރޮގްރާމުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އަދި ލިނިކަރަށް އާ ފުރުޞަތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން، ލިވަރޕޫލްގެ ކެޕްޓަން ވާޖިލް ވަން ޑައިކް އާއި އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ އިއާން ރައިޓް ވެސް ލިނިކަރަށް ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ. އަދި ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ސްޓްރައިކަރު އެލަން ޝިއަރަރ ވެސް ލިނިކަރަށް ހެޔޮ އެދުންތައް ފޮނުވާފައިވެއެވެ.
ލިނިކަރު އޭނާގެ އެންމެ ފަހު ޕްރޮގްރާމް ނިންމާލީ އޭނާއާއެކު މަސައްކަތް ކުރި ހުރިހާ އެނަލިސްޓުންނަށް ޝުކުރު އަދާކުރަމުންނެވެ. މިއީ ލިނިކަރު 25 އަހަރު ވަންދެން މަސައްކަތް ކުރި ޕްރޮގްރާމެވެ.
އޭނާ ޕްރޮގްރާމާ ވަކިވެ ބީބީސީން އިސްތިއުފާ ދިނީ ފަލަސްޠީނުގައ ޔަހޫދީން ހިންގާ ގަތުލުއާންމު ކުށްވެރި ކުރުމުން ޒަޔަނިސްޓުން އޭނާއަށް ފުރައްސާރަކޮށް ޕްރެޝަރު ޖެއްސުމުންނެވެ.






