ލިވަރޕޫލްގެ ތާރީޚުގައި ގެންނަ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެންނަނީ

އިނގިރޭސި ފުޓްބޯޅަ ކްލަބު ލިވަރޕޫލްއިން، ބާޔަރ ލެވަރކޫޒަން ކްލަބުގެ މިޑްފީލްޑަރ ފްލޯރިއަން ވިރްޓްޒް ގަތުމަށް 109 މިލިއަން ޕައުންޑު (146.9 މިލިއަން ޑޮލަރު) ގެ އަގެއް ހުށަހަޅައިފިއެވެ.

އިނގިރޭސި ޕީއޭ މީޑިއާ ނިއުސް އެޖެންސީއިން ބުނެފައިވާ ގޮތުގައި، މި ޖަރުމަނު ކުޅުންތެރިޔާއަށް ލިވަރޕޫލުން ހުށަހެޅި ދެވަނަ އޮފާ ގައި އިތުރު ބޯނަސްތަކެއްވެސް ހިމެނެއެވެ. ލެވަރކޫޒަން މި އޮފަރ ޤަބޫލުކޮށްފިނަމަ، މިއީ ލިވަރޕޫލްގެ ތާރީޚުގައި އެންމެ އަގުބޮޑު ޑީލް އަށް ވެގެންދާނެއެވެ.ADV

ވިރްޓްޒަކީ 2023-2024 ވަނަ އަހަރުގެ މޫސުމުގައި ލެވަރކޫޒަން އާއެކު ލީގާއި ކަޕް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ޖަރުމަނުގައި ބޭއްވި ޔޫރޯ ޗެމްޕިއަންޝިޕްގައި ޖަރުމަނު ޤައުމީ ޓީމާއެކުވެސް އޭނާ ފާހަގަކޮށްލެވޭ ޕަފޯމަންސްތަކެއް ދައްކާފައިވެއެވެ.

22 އަހަރުގެ ވިރްޓްޒް ވަނީ މިދިޔަ މޫސުމުގައި ޖަރުމަނު ބުންޑެސްލީގާގެ 31 މެޗެއްގައި ބައިވެރިވެ، 10 ލަނޑު ޖަހާފައެވެ.

މީގެ އިތުރުން، ލިވަރޕޫލް ވަނީ ލެވަރކޫޒަންގެ އަނެއް ކުޅުންތެރިޔާ ޖެރެމީ ފްރިމްޕޮންގް ގަތުމާ ވަރަށް ކައިރި ކޮށްފައެވެ. ހޮލެންޑް ޤައުމީ ޓީމުގެ ކުޅުންތެރިޔާ ދޫކުރުމަށް ހުށަހަޅާ 30 މިލިއަން ޕައުންޑް ލިވަރޕޫލުން ވަނީ ދައްކާފައެވެ. އަދި މި ހަފްތާގެ ތެރޭގައި ފްރިމްޕޮންގް މެޑިކަލް ޓެސްޓް ހަދާނެ ކަމަށް ލަފާކުރެވެއެވެ.

މި ދެ ކުޅުންތެރިންނަކީ ލިވަރޕޫލްގެ މެނޭޖަރު ޔޯގަން ކްލޮޕްގެ ޓީމަށް ބޮޑު ބާރެއް ލިބިގެންދާނެ އިތުރު ކުރުމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!